ads
މުއިއްޒު ފ.ނިލަންދޫގައި---
ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށް ހައުސިން މަޝްރޫއެއް ފަށާނަން: މުއިއްޒު
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން ހައުސިން މަޝްރޫއެއް ހިންގަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ  ހަތަރު އަތޮޅަކަށް މުއިއްޒު ފެއްޓެވި ރިޔާސީ ކެމްޕެއިން ދަތުރުގައި ފ.ނިލަންދު އަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

މުއިއްޒު ވިދާޅުވީ މީގެ ކުރިން އެކިއެކި ދާއިރާތަކުގައި އުޅޭ މުވައްޒަފުންނަށް ހާއްސަކޮށްގެން ހައުސިން މަޝްރޫއު ކުރިއަށް ގެންދިޔަ ނަމަވެސް ފަތުރުވެރިންނަށް ހާއްސަކޮށްގެން އެއްވެސް ސްކީމެއް ހިންގާފައި ނުވާ ކަމަށެވެ. އެކަމަކު، ރާއްޖޭގައި ހުރި ސިނާއަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ވިއްސަކަށް ހާސް މުވައްޒަފުން ތިބި އިރު، އެހެން ދާއިރާތަކުގެ މީހުންނެކޭ އެއްގޮތަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ފާހަގަ ކުރެއްވި ގޮތުގައި މީގެކުރިން ވަނީ ޓީޗަރުންނަށާއި ނަރުހުންނަށާއި ޑޮކްޓަރުންނަށް ހައުސިން މަޝްރޫއުތައް ހިންގައިފައެވެ.

އަޅުގަނޑުމެން ސަރުކާރެއްގައި އެންމެ ކުރީކޮޅު ފަށާ ހައުސިން މަޝްރޫއުތަކުގެ ތެރޭގައި ވަކި ހާއްސަ ކެޓަގަރީއެއް ހަދައި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކުރެވިފައިވާ ހައުސިން ކެޓަގަރީއެއް ގާއިމްކޮށް ސޯޝަލް ހައުސިން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ސިޔާސަތުގައި ހިމެނޭ ކަމެއް ކަން އިއުލާން ކުރަން -މުއިއްޒު-

މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވެސް މަޝްވަރާކޮށް، ކަމާބެހޭ ގާނޫނާއި ގަވާއިދު ހަދައިގެން، އެ ދާއިރާގެ މުވައްޒަފުންނަށް ހާއްސަ އިތުރު އިނާޔަތް ލިބޭ ރިޓަޔަމަންޓް ޕެންޝަން ސްކީމެއް ވެސް ތައާރަފު ކުރައްވާނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް