ads
ގާސިމު މިއަދު ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ބައެއް މީހުންނާ ސަލާމް ކުރައްވަނީ---ފޮޓޯ:ޖޭޕީ
ޕީޕީއެމް މެންބަރުން ނިހާނާ ދިމާކުރުމުން ގާސިމު ކޯފާވެއްޖެ
ޖުމްހޫރީ ޕާޓީން ހއ.އަށާއި ހދ އަށް ކުރަމުންދާ ކެމްޕޭން ދަތުރުގައި ހދ.ނޮޅިވަރަމަށް ދިއުމުން، ޕީޕީއެމްގެ އާއްމު މެންބަރުންތަކެއް ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކަށް ފާޑު ކިއުމުން ގާސިމް އިބްރާހީމު ކޯފާވެ ޕީޕީއެމަށާއި އެ މެންބަރުންނަށް ފާޑު ވިދާޅުވެއްޖެއެވެ.
Advertisement

ނޮޅިވަރަމުގައި ޖޭޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމު ވިދާޅުވީ ސިޔާސީ މީހުންނަކީ އެކި ދުވަހު އެކި ގޮތަށް އެކި ތަންތަނުގައި މަސައްކަތްކޮށްފާނެ ބައެއް ކަމަށާއި އެއީ ދުނިޔޭގެ ހަގީގަތް ކަމަށެވެ. ނަމަވެސް އެއީ ޖަޒުބާތުގައި ޖެހި، ދިމާކޮށް އެކަކު އަނެކަކަށް އެއްޗެހި ކިޔަން ޖެހޭ ސަބަބެއް ނޫން ކަމަށާއި އެއީ ސިޔާސީ ކަންކަމުގައި އުޅޭ މީހުން ކަން ކުރާ ގޮތެއް ނޫން ކަމަށެވެ. 

"އެބޭފުޅާއަށް އެނގިވަޑައިގަންނަވާތޯ އެވެރިކަން ގެނެސްދިނީ ކާކުކަން. ބަލަ މިގާސިމޭ ގެނެސްދިނީ. އެހެން ނޫން ނަމަ ޕީޕީއެމް ނުދެކޭނެ ދިވެހި ސަރުކާރެއް. އެނގިވަޑައިގަންނަވާތޯ. އަޑު އައްސަވަންތޯ، ކިތައް މިލިއަން ރުފިޔާތޯ ހަރަދުކޮށްދިނީ. ކިތައް ކަންތައްތޯ ކޮށްދިނީ. ކިތައް ހާސް ވޯޓުތޯ ހޯދާ ދިނީ،" ގާސިމް ވިދާޅުވިއެވެ.

ގާސިމުވަނީ ޕީޕީއެމްގެ މެންބަރުންނަށް ނިސްބަތްކޮށް ބައެއް ސުވާލުތައް ވެސް ކުރައްވާފައެވެ. 

"ތިބޭފުޅުން އެއްބަސްތޯއޭ، މިތަނަށް އެއްވެސް، ދިވެހިރާއްޖޭގެ ސިފައިންނަށް ނުވަދެވޭނެ ތަނެއް އޮންނަން. އަޅެ މިސުވާލުގެ ޖަވާބު ދެއްވަން ވީނުން. މި ސުވާލުގެ ޖަވާބު ދޭންވީނުން. އާން އިންޑިއާ އައުޓް ގޮވާ ގުރޫޕު ކަންނޭނގެ މިއުޅެނީ،" ސަމާސާ ރާގަކަށް ގާސިމު ވިދާޅުވިއެވެ.

އެވާހަކަތަކަށްފަހު ގާސިމުވަނީ އެމަނިކުފާނު އެދެއްކެވި ވާހަކަތަކާ މެދު ހިތުގައި ބުރަކަމެއް ނުބާއްވަން އެދިވަޑައިގެންފައެވެ. ނަމަވެސް އެއީ އެންމެން ގަބޫލު ކުރަން ޖެހޭ ފިލާވަޅެއް ކަމަށް ގާސިމު ވިދާޅުވިއެވެ. 

ނިހާނަކީ ޕީޕީއެމްގެ ސަރުކާރުގައި އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރެވެ. ރިޔާސީ އިންތިހާބުގައި ޕީޕީއެމަށް ނާކާމިޔާބުވުމުން ނިހާންގެ އިތުރުން ވެސް ބައެއް ބޭފުޅުން ޕީޕީއެމް ދޫކުރައްވާ ޖޭޕީއާއި ގުޅިވަޑައިގެންނެވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް