ads
ގައްދޫ ކައުންސިލްގެ ބޭފުޅުން އެމްޑީޕީއަށް ސޮއިކުރައްވަނީ
ގައްދޫ ކައުންސިލް ރައީސްގެ ސޮޔާއިއެކު ސާފު މެޖޯރިޓީ އެމްޑީޕީއަށް
ގދ.ގައްދޫ ކައުންސިލް ރައީސް އަހުމަދު މުހައްމަދުގެ ސޮޔާއިއެކު ކުރިން ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލުގެ ސާފު މެޖޯރިޓީ ވެރިންކަން ކުރާ އެމްޑީޕީއިން ނަގައިއެވެ.

މިއަދު ހަވީރު މޫކައިގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ގައްދޫ ކައުންސިލް ރައީސް އަހުމަދު މުހައްމަދާއި، ކައުންސިލް މެމްބަރު ޢަލީ ޝަރީފްވެސް ވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ. މި ދެބޭފުޅުންނަކީވެސް ކުރިން އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ ދެ މެމްބަރުންނެވެ. 

މިދެމެމްބަރުން ޕީޕީއެމް ދޫކޮށް އެމްޑީޕީއާއި ގުޅުމުން، ގައްދޫ ކައުންސިލްގެ ސާފު މެޖޯރިޓީ ވަނީ އެމްޑީޕީއަށް ލިބިފައެވެ. މިހާރު ގައްދޫ ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީގެ ތިން މެމްބަރުންނާއި، ޕީޕީއެމް ދެ މެމްބަރުންނެވެ.

މި ރަސްމިއްޔާތުގައި ގައްދޫ ކައުންސިލް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާވެސް ވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ. 

މީގެ އިތުރުން ކައުސިލްގެ އިދާރީ މަސައްކަތް ކުރާ މުވައްޒިފުންގެ ތެރޭގައި ހިމެނޭ ޕީޕީއެމްގެ ފިކުރަށް ތާއީދު ކުރާ ފުޒޫލް، އިއްސްހާގު އަދި މުއާވިޔަތުވެސް ވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ނިސްބަތްވާ ގައްދޫއަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަޑައިގެންނެވުމުން އެރަށުން ވަނީ ރައީސް ޞާލިހަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ގައްދޫގައި ތަރައްގީގެ ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާއިރު، ގައްދޫ ރައްޔިތުންގެ އެންމެ ބޮޑު އުންމީދު ކަމުގައިވާ ހޮސްޕިޓަލުގެ މަސައްކަތް މިފެށޭ ހަފްތާގައި ފެށުމަށް ބިން ސާފު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް