ads
ނާޒިމް ވާހަކަފުޅު ދައްކަވަނީ
ހުރާ އޮތީ 1990 ގައި: ނާޒިމް
އަދިވެސް ކ. ހުރާ އޮތީ 1990 ގައި އޮތް ގޮތަށް ކަމަށް، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިރޭ އެމްއެންޕީގެ ޖަލްސާގައި ނާޒިމް ވަނީ ވަރަށް ބޮޑަށް ހުރާއަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. 

ނާޒިމް ވިދާޅުވީ ހަމައެެކަނި އެރަށަށް އައިސްފައިވާ ބަދަލަކީ "ފިހާރަތަކުން ގެސްޓުންނަށް ވިޔަފާރި ކުރާ އެއްޗެހި އަޅުވާފަ ބެހެއްޓުން" ކަމަށާއި، އެ ނޫން ބަދަލެއް ނުފެންނަ ކަމަށެވެ.

ފެނާއި ބަނދަރާއި ނަރުދަމާއެޅުމަކީ އެރަށަށް ހައްގު މިންވަރު ނޫންކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

"ފައިސާ ލިބޭނެ ކަމެއް ކޮށްދީފަ ނެތިއްޔާ އެއީ ތަރައްގީ ނުގެނެވުނީ.  ހުރާގެ ޒުވާނުން ތިބީ ވަޒީފާ ނުލިބިފައި ކަމަށާއި، އެމީހުން ތިބީ މަގުމައްޗަށް އެއްލާލެވިފަ.  ވެރިކަމެއްގައި އިގްތިސޯދީ ބަދަލު ގެންނާނެ. އެއީ ޒުވާނުންނަށް ވަޒީފާ ދެވޭނެ އިންގިލާބީ ބަދަލު. "-ނާޒިމް-

.

ނާޒިމް ވިދާޅުވީ ހުރާގެ ވަޒީފާގައި ތިބީ ބޭރު މީހުން ކަމަށެވެ.  އެކަމަށް ނިމުމެއް ގެންނަން ޖެހޭ ކަމަށެވެ. 

"އެއީ ސިޔާސީ ކުޅިގަޑެއް. އެކަމުން ޒުވާނުންނަށް އަރައިގަނެވޭނެ ގޮތް އަޅުގަނޑުގެ ވެރިކަމެއްގައި ހަދާނަން،" - ނާޒިމް -

ނާޒިމް ވިދާޅުވެފައިވަނީ ފެނަކައިގެ ތެރެއިން ވަޒީފާ ހަމަޖައްސަވައި ދެއްވާނެކަމަށެވެ. 

your imageކ.ހުރާ

ނާޒިމްގެ ވާހަކަތަކާ ހުރާ ކައުންސިލް ގެ ވާހަކަތައް ދެކޮޅު:

  • ހުރޭގެ ގިނަ ޒުވާނުން ވަޒީފާއަށް ދޭ އަދި އަތްމަތި ތަނަވަސް ކަމަށް ކައުންސިލުން ބުނޭ!

ހުރާ ކައުންސްލގެ ރައީސް އިސާ އަހުމަދު މީގެ ކުރިން "ސީއެންއެމް" އަށް ވިދާޅުވެފައިވަނީ މީގެ ހަތް އަހަރު ކުރިން ފެށިގެން މިއަދާ ހަމަޔަށް އައި އިރު، އެ ރަށުގެ އެއްވެސް ރައްޔިތަކު ފަގީރުންގެ ލިސްްޓުގައި ޖެހިފައި ނުވާކަަމަށެވެ. 

ސަބަބަކަށް ވިދާޅުވީ، އާބާދީގެ ގިނަ މީހުން ވަޒީފާތަކުގައި އުޅެމުންދިއުމެވެ.

އެ ރަށުގެ ރައްޔިތުން ފަގީރުންގެ ދަފްތަރުގައި ޖެހެން ބޭނުނުވާ ސަބަބު އިތުރަށް ވިދާޅުވަމުން އީސާ ފާހަގަ ކުރެއްވީ އެ ރަށުގެ ކައިރީގައި ރިސޯޓްތައް ތިބުމާއި، އަމިއްލަ މަަސައްކަތްތަށް އެ ރަށުގައި ފުޅާވެފައި ވުމާއި، ރަށުގެ ހުންނަ އެކި އެކި ގެސްޓް ހައުސްތަކުގެ ވަޒީފާގައި ގިނަބަޔަކު އުޅުމެވެ.

އެހެންކަމުން އަތްމަތި ތަނަވަސްވެ ރައްޔިތުންގެ ފުދުން ތެރިކަން އިތުރުވެފައިވާތީ އެއްވެސް ރައްޔިތަކު ފަގީރުންގެ ލިސްޓްގައި ޖެހެންބޭނުން ނުވަނީ ކަމަށް އީސަ ވިދާޅުވިއެވެ. 

your imageކ. ހުރާ--

"ކައުންސިލުން ވަޒީފާ ތަކަށް ހުޅުވާލިޔަސް އެ ވަޒީފާތަކަށް ލާނެ މީހަކުވެސް ނުވޭ. ސަބަބަކީ ގިނަ ފަރާތްތަށް ބޭނުންވަނީ މުސާރަ ބޮޑު ފުދުން ތެރި ދިރިއުޅުމެއް، ރަށުގެ ގިނަ ކުދިން އުޅެނީ ވަޒީފާތަކުގަ" - ހުރާ ކައުންސިލްގެ ރައީސް-

ރަށުގެ ނިސްބަތުން ރަށުގެ އެންމެން ކަހަލަ ގޮތަކަށް ވަޒީފާތަކަށްދާ ކަމަށާއި، ރަށަކީ ފުދުން ތެރި ފަގީރުންގެ ކެޓަގެރީގައި ނުހިމެނޭ ރަށެއް ކަމަށް އޭނާ ވިދާޅުވިއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް