ads
ޑރ. ވަހީދު އަދި ރައީސް ޔާމިން
ޕީޕީއެމުގައި ހުރީ ރައީސް ކަން ބޭނުންވެގެން: ޑރ. ވަހީދު
ޕީޕީއެމްގައި ހުންނެވީ، ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިލައްވާނެ ކަމަށް ހީކޮށްގެން ކަމަށް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވެއްޖެއެވެ.
Advertisement

ކުރީގެ ރައީސް ޑރ.ވަހީދު މިފަދައިން ވިދާޅުވީ ރޭ ކުޅުދުއްފުށީގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ކެމްޕެއިން ޖަލްސާގައި އެޕާޓީގެ މެމްބަރުންނާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީޕީއެމްގެ ތެރެއިން ކަންކަން ކޮށްފައި ވަނީ ނާއިންސާފުން ކަމަށާއި، މުޅިން ހީކުރި ގޮތާއި ތަފާތުކޮށް ކަމަށް ޑރ.ވަހީދު ވިދާޅުވިއެވެ. އަދި ކަންތައް ހިނގާފައިވަނީ ރައީސް ޔާމީން އެދިލައްވާފައިވާ ގޮތަކަށް ވެސް ނޫން ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ. 

އިތުރަށް ޑރ.ވަހީދު ވިދާޅުވީ ޕީޕީއެމް ތެރޭގައި ތިން އޮޕްޝަނެއް ކަނޑައަޅާފައިވާ ކަމަށާއި، އޭގެ ތެރެެއިން ޕްލޭން އޭ އަކީ ރައީސް ޔާމީން މިނިވަންވެ ވަޑައިގެން ކުރިމަތިލެއްވުން ކަމަށެވެ. ދެން އޮތީ ޕްލޭންބީ ކަމަށާއި، އެއީ ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތުގައި ޕީޕީއެމުން އިތުރު ކެންޑިޑޭޓެއް ނެރުން ކަމަށެވެ. 

"ދެން އަޅުގަނޑު ހުރީ އެ އުންމީދުގަ" -ވަހީދު-

ވަހީދު ވިދާޅުވީ ޕްލޭން ސީ އަކީ ޕްލޭން ބީ މަސައްކަތް ނުކޮށްފި ހާލަތެއްގައި ކުރިއަށްދާން އޮތް އޮޕްޝަން ކަމަށެވެ. ނަމަވެސް ޕްލޭން ބީ އަށް އެދިގެން ހުއްޓާ އެމަނިކުފާނަށް އެ ފުރުސަތު ނުދީ ޕީއެންސީގެ ކެންޑިޑޭޓަށް އެ ފުރުސަތު ދެއްވާފައިވާ ކަމަށް ޑރ.ވަހީދު ވިދާޅުވިއެވެ. 

"އަޅުގަނޑު ގަބޫލު ކުރީ 10 އަހަރުވަންދެން އެތާގައި ހުރެފަ އެއްވެސް އިހުތިރާމެއް ބަލާލުމެއްނެތި ކަންތައް އެގޮތަށް ދިޔައިމަ އަޅުގަނޑަކަށް އެތާގައި ހުންނަން ނުޖެހެއޭ،" ޑރ.ވަހީދު ވިދާޅުވިއެވެ.

ޑރ. ވަހީދަކީ ރައީސް ނަޝީދުގެ ދައުރުގައި ނަޝީދުގެ ނައިބު ރައީސެވެ. ނަޝީދު ވެރިކަން ވެއްޓެން މެދުވެރިވީ ވަހީދުގެ ބައިވެރިވުމާއި އެކު ވެރިކަން ބޭނުންވެގެން ކުރެއްވި ބަޢާވާތަކުން ކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ.  ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުން ވެރިކަމާއި ހަވާލުވެ ވަޑައިގެން އެ ދައުރުގެ ބާކީ ދެ އަހަރު ވެރިކަން ކުރެއްވީ ޑރ.ވަހީދެވެ.

ޕީޕީއެމުން ރިޔާސީ ޓިކެޓް ޕީއެންސީގެ ކެޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް އެރުވުމާއި ގުޅިގެން އެމަނިކުފާނު ވަނީ ޕީޕީއެމް ދޫކުރައްވާ ޖުމްހޫރީ ޕާޓީއަށް ވަޑައިގެން ގާސިމްގެ ކެމްޕޭނާ ގުޅިވަޑައިގެންފައެވެ. 

ޑރ. ވަހީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ކެންޑިޑެންސީ ގަބޫލު ނުކުރަން ސުޕްރީމް ކޯޓުން ނިންމިފަހުންވެސް ޕީޕީއެމްގެ ކެންޑިޑޭޓަކު ނެރެން ވަގުތު ވެސް ލިބުނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް