ads
ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:ރައީސް އޮފީސް
ގުޅީފަޅު ވިޔަފާރި ބަނދަރު ހަދަން އަންނަ މާޗް މަހުގެ ކުރިން ބީލަމަށް ލަނީ
ގުޅިފަޅުގައި ތަރައްގީކުރާ ވިޔަފާރި ބަނދަރު ހަދަން އަންނަ މާޗް މަހުގެ ކުރިން ބީލަމަށް ހުޅުވާލުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިންޑިއާގެ އެގްޒިމް ބޭންކުން ބުނެފިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ "އިކޮނޮމިކް ޓައިމްސް" ގައި ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދީ އެންމެ ބޮޑު ވިޔަފާރީގެ ބަނދަރު އެޅުމަށްޓަކައި ގުޅިފަޅު ހިއްކަމުން އަންނައިރު، އަންނަ އަހަރުގެ މާޗް މަހުގެ ކުރިން ޓެންޑާއަށް ހުޅުވާލާނެ ކަމަށެވެ.

ގުޅިފަޅު ވިޔަފާރި ބަނދަރު ތަރައްގީކުރުމަށް ހުޅުވާލާނީ އިންޖިނިއަރިން، ޕްރޮކިއުމެންޓް، ކޮންސްޓްރަކްޝަން (އީޕީސީ) އެއްކޮށް ކުރިއަށް ގެންދާ ޓެންޑާއަކަށް ކަމަށް އެގްޒިމް ބޭންކުގެ އޮފިޝަލު ވިދާޅުވެފައިވެއެވެ. އިންޑިއާއިން ލައިން އޮފް ކްރެޑިޓުން 75 އިންސައްތަ ހަރަދު ކުރާ މަޝްރޫއަކަށް ވުމާ އެކު، މަޝްރޫއަށް ބިޑު ކުރެވޭނީ އިންޑިއާގެ ކުންފުނިތަކަށް އެކަންޏެވެ.

ވިޔަފާރި ބަނދަރު ގުޅިފަޅުގައި ހެދުމަށް 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ހޭދަކުރުމަށް ވަނީ ނިންމާފައެވެ. ބަނދަރަށް 80 ހެކްޓަރުގެ ބިން ބޭނުންވާއިރު، އެ ބަނދަރުގައި 20 ފޫޓުގެ 400،000 ކޮންޓެއިނަރު ބަހައްޓާނެ ޖާގަ ހުންނާނެއެވެ. އެއްފަހަރާ ތިން ބޯޓް ކައިރިކޮށް މުދާ އަރުވާ ބޭލޭނެ ގޮތަށް ތަރައްގީކުރާ މި ބަނދަރުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 2026 ވަނަ އަހަރުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް