ads
ރައްޔާން އަހުމަދު....
ކިޔެވީ، މަންމަމެން ބުނެގެން ގަދަ ވަނައަކަށް ނޫން، އެކަމަކު ގަދަ 10 އެއް
ކިޔެވުމަކީ އުނދަގޫ މަރުހަލާއެކެވެ. އެ މަރުހަލާގައި ބުރަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އެމަަސައްކަތުގައި ކާމިޔާބީއާއި ހަމަޔަށް ވާސިލް ވުމުގައި ދަތި އުނދަގޫތައް ކުރިމަތިވި ނަމަވެސް 10 އަހަރުގެ ތައުލީމުގެ ގަދަ ކަނޑުން ކާމިޔާބީ ހާސިލް ކުރެވޭނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްގެންނެވެ.

އެމަސައްކަތަށް އެންމެ ބޮޑު ބާރެއްދޭނީ ވެސް އެ ކުއްޖެއްގެ މަންމަ ބައްޕަ ނުވަތަ އާއިލާގެ ކޮންމެވެސް މީހެކެވެ. މިގޮތަށް ގއ. ކަނޑުހުޅުދޫ ސުކޫލްގެ ދަރިވަރު ރައްޔާން އަހުމަދުވެސް ކިޔެވުމުގެ ބިޔަ ރާޅުތަކުގެ ތެރެއިން ފީނާ ހިކި ފަސް ތަނަކަށް ފައި ބީއްސާލުމަށެވެ.

ރައްޔާން ބައިވެރިވީ އޯލެވެލްގައި އަށް މާއްދާއިންނެވެ. އޭގެ ތެރެއިން ހަތަރު މާއްދާއިން އޭ ސްޓާ ހޯދާފައިވާއިރު، އަނެއް ހަތަރު މާއްދާއިން އޭ ހޯދިއެވެ. ރައްޔާން ފާހަގަވެގެންދަނީ ކަނޑުހުޅުދޫ ސުކޫލްގެ އެންމެ ހިންގުންތެރި ދަރިވަރެއްގެ ގޮތުގައެވެ.

އެ ދަތުރުގައި އޭނާ ސަމުގާއަކަށް ބެލީ މަންމަ، ބައްޕަ އަދި އާއިލާގެ އެހީތެރިކަމެވެ.

ރައްޔާން ބުނީ ކިޔެވުމަށް ކުރި މަސައްކަތަކީ އޭނާ އަށް ހާސިލްވެދާނެ ވަނަޔަކަށް ކުރި އުއްމީދެއް ނޫން ކަމަށާއި، މަންމަ އަބަދުވެސް ކިޔަވަން ބުނާތީ ކިޔެވީކަމަށެވެ.  

އެއީ މައިންބަފައިންގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރި މަސައްކަތް ކަމަށެވެ. ރައްޔާން ވަނީ އޯލެވެލްގެ ގަދަ 10 އެއްގައި ހިމެނިފައެވެ.

"އަޅުގަނޑު އެންމެ ބޮޑަށް ކިޔަވާހިތުން ކިޔެވީ އިކޮނޮމިކްސް. އެކަމަކު އެހެން މާއްދާތައްވެސް ވަރަށް ކިޔެވިން. ނަތީޖާ ވަރަށް ރަގަޅު،" -ރައްޔާން-

ރައްޔާން ވަނީ އޭނާ 10 އަހަރުވަންދެން ކިޔެވި ސުކޫލަށް ރީތިނަން ހޯދައިދީފައެވެ. ރައްޔާން ބުނީ އަދިވެސް ކިޔަންވަން ބޭނުންވާ ކަމަށާއި، މަންމަޔާއި ބައްޕަގެ ހުވަފެން ހަގީގަތަށް ހެދޭތޯ އިތުރަށްވެސް މަސައްކަތް ކުރާނެ ކަމަށެވެ. 

ކުޅިވަރާއި އެހެނިހެން ކަންކަމުގައިވެސް ރައްޔާން އަކީ ސުކޫލުން އިސްނަގައިގެން ހަރަކާތްތެރިވާ ދަރިވަރެކެވެެ. އެކަން ރައްޔާންގެ ކުލާސް މޭޓޫންވެސް ފާހަގަ ކުރެއެވެ. އެގޮތުން ކުލާސް މޭޓޫން ފާހަގަ ކުރާ ގޮތުގަ ރައްޔާން އަކީ ހުނަރުވެރި ކުދިންނާއި ގުޅިގެން މަސައްކަތް ކުރާ ކުއްޖެކެވެ.

your image ރައްޔާން އަހުމަދު...

"ނޭނގޭ އެއްޗެއް އޮވެގެން އަހާލިޔަސް ކިޔާދޭނެ" ރައްޔާންގެ ކުލާސް ކުއްޖެއް ކަމަށްވާ ރާއިޝް ބުންޏެވެ.

ރާއިޝް ސިފަ ކުރާ ގޮތުގައި ގުޅިގެން މަސައްކަތްކުރުމަށް ވެސް ރައްޔާން އަކީ ހަމަ އެއްވަނަ އެވެ. އަދި ސުކޫލުގައި އޭނާ ބޮޑަށް ފާހަގަވެގެންދަނީ އިތުރު ހަރަކާތްތަކުގެ ތެރެއިންނެވެ. 

"ކޮމެޑީ ކަންތައްތަކަށް ވަރަށް މޮޅުވާނެ. އަބަދުވެސް އުޅޭނީ މީހުން ހެއްވާލަން. ރައްޔާން އަކީ ހަމަ އެންމެ ބެސްޓް " -ރާއިޝް-

your imageރައްޔާން އާއި އޭނާގެ ކުލާސް މޭޓެއް....

ރައްޔާން ވަނީ ގުރޭޑް ނުވައެއްގައި ސުކޫލުގެ ހެޑްޕްރިފެކްޓްގެ މަގާމް އަދާކޮށްފައެވެ. އަދި 10 އެއްގައި ސުކޫލުގެ ކެޕްޓަންކަމުގެ މަގާމުގައި ވެސް އުޅެފައެވެ. ރައްޔާން ބުނާ ގޮތުން ކިޔެވުމަށް ވަކި ދިމާލެއް ހާސިލް ކުރުމަކީ އޭނަ ގަބޫލު ކުރާ ކަމެއްނޫނެވެ.

ރައްޔާން ގަބޫލު ކުރަނީ މަންމައާއި ބައްޕަ ބުނާގޮތަށް ހަދައިގެން ކިޔަވައިފި ކަމުގައިވާނަމަ މޮޅު ވަނަޔެއް ހާސިލް ކުރުމަކީ އެއްވެސް އުނދަގުލަކާއި ނުލާ ކުރިއަށް ދެވޭނެ އެންމެ ފަސޭހަ ގޮތް ކަމަށެވެ.

ކޮންމެ ކުއްޖެއްގެ ވެސް ދެވަނަ މައިންބަފައިން ކަމަށްވާ ޓީޗަރުން ދެއްވާ އިރުޝާދާއި އެއްގޮތަށް ކުރިއަށް ގޮސްފި ކަމުގައިވާނަމަ ފަސޭހަ ކަމާއި އެކު ކުރިއަށް ދެވިދާނެ ކަމަށެވެ.

79%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް