ads
އިލްޔާސް ލަބީބު އައްޑޫ ސިޓީ އަށް ކުރެއްވި ކެމްޕެއިން ދަތުރު ނިންމަވާ ލައްވާ މާލެ ވަޑައިގެން ނޫސްވެރިނަނާއި ބައްދަލުކޮށް ވާހަކަ ދައްކަވަނީ ...
ބޮޑުތިލަދުންމައްޗަށް ކެބިނެޓުން 4 ގޮނޑި ހާއްސަކުރާނަން: އިލްޔާސް ލަބީބް
ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެ ޕާޓީން ކާމިޔާބުކޮށް އުފުދޭ ވެރިކަމެއްގައި އެކުލެވޭ ވަޒީރުންގެ މަޖިލީހުގެ ހަތަރު ގޮނޑިއެއް ބޮޑުތިލަދުންމައްޗަށް ހާއްސަކޮށް ދިނުމަށް ޑިމޮކްރެޓުންގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު ވައުދުވެވަޑައިގެންފިކަމަަށް ދަ ޑިމޮކްރެޓްސް ޕާޓީން މިއަދު ބުނެފިއެވެ.
Advertisement

އެ ޕާޓީން ބުނީ ރިޔާސީ ކެންޑިޑޭޓު މިގޮތަށް ވިދާޅުވީ ރިޔާސީ ކެމްޕޭނުގައި ހއ. އިހަވަންދޫއަށް ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންނާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުދައްކަވަމުން ކަމަށެވެ. 

"އަޅުގަނޑުމެން އުފައްދާ ސަރުކާރެއްގައި ތިބޭފުޅުންގެ، މި ބޮޑުތިލަދުންމަތީގެ ބައިވެރިވުން ހުރިހާ ސަރުކާރެއްގައިވެސް އޮންނާނެ، ކެބިނެޓު ލެވެލްގައިވެސް އޮންނާނެ، އަޅުގަނޑުގެ ކެބިނެޓެއްގައި މި ބޮޑުތިލަދުންމަތީގެ ހަތަރު ޕޯސްޓު ބަހައްޓަދޭނަން" - އިލްޔާސް ލަބީބު-

އިލްޔާސް ވިދާޅުވީ، އެފަދައިން ބޮޑުތިލަދުންމައްޗަށް ހަތަރު ވަޒީރުންގެ މަގާމު ދެނީ އެ ފަރާތްތަކާ ގުޅިގެން އެ ސަރަހައްދު ތަރައްގީކޮށް ކުރެއެރުވުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެކަން ވެގެންދާނެ ކަމަށާއި އެ ވަޒީރުންނާއެކު އެކީގައި މަސައްކަތް ކުރައްވާނެ ކަމަށްވެސް އިލްޔާސް ވިދާޅުވިކަމަށް ދަ ޑިމޮކްރެޓުން ބުންޏެވެ.

މީގެއިތުރުން އިލްޔާސް ވަނީ މި ސަރުކާރުން 2018 ގައި އިހަވަންދޫއަށް ވި ވައުދުތަކާއި އެ ކަންކަން މިހާރު އޮތް ހާލަތް އެ ރަށުގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން، މި ސަރުކާރުގެ މަޝްރޫއުތަކުގެ ސްޕީޑު ލަސްވުމާއި ގިނަ ވައުދުތައް ފުއްދިފަ ނުވާކަން ކެންޑިޑޭޓު ފާހަގަކުރެއްވިކަމަށް އެ ޕާޓީން މިއަދު ބުންޏެވެ. 

"ބިން ހިއްކަން މަހާ ޖައްރާފު އައިސް ތަންކޮޅެއް ހިއްކާފަ ދިޔަތާ ތިން އަހަރު ފަހުން އިހަށް ދުވަހު އައިސް ވެލިކޮޅެއް އަޅާލީ، އަދި އެ ފަސްކޮޅު ހިފެހެއްޓޭނެ ގޮތެއް ރިވެޓްމެންޓެއް ނެތް، ހޮސްޕިޓަލެއް އަޅަން ވައުދުވެ ބިންގާ އެޅިތާ ފަސް އަހަރު ވެއްޖެ އެ ހޮސްޕިޓަލެއް ނުފެނުނު، ފިޝް ކަލެކްޝަން ފެސިލިޓީއެއް ހަދާނަމޭ ކިޔާތާ ފަސް އަހަރު ވެއްޖެ އަދިވެސް އަމަލީގޮތުން މަސައްކަތް ކުރާތަން ނުފެނޭ، މި ރަށުގެ ސްލިޕްވޭ ހަދަން ބުނިތާ ފަސްއަހަރު އެކަމެއް ވެސް ނުވޭ، މަގުހަދާނެމޭ ކިޔާތާ ފަސް އަހަރު އެންމެ މަގެއްވެސް ނުހެދޭ" - އިލްޔާސް ލަބީބު-

މީގެއިތުރުންވެސް ރަށުގެ ބޯހިޔާވަހިކަމަށް ގެނެސްދޭން ވައުދުވި ހައްލާއި ބަނދަރަށް ގެނެސްދޭން ވައުދުވި ހައްލުވެސް ނުގެނެސްދެވުނު ކަމަށާއި، ރިޔާސީ ކެމްޕޭނުގައި މި އަހަރުވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިހަވަންދޫއަށް އަރާ ގިނަ ވައުދުތަކެއްވީ ރައްޔިތުން ގުނބޯ ހެއްދުމަށް ކަމަށް ކެންޑިޑޭޓު ވިދާޅުވި ކަމަށް ޑިމޮކްރެޓްސް އިން ބުންޏެވެ.

"އެ ފެސިލީޓައް މި ރަށުގައި އޮޑި ދޯނި ބަންނަ ފަރާތްތަކަށް އަޅުގަނޑުމެން ގާއިމުކޮށްދޭނަން، އެއީ ތިބޭފުޅުންނާއެކު މިތަނުގައި ތިބެ މަޝްވަރާކޮށްގެން އަޅުގަނޑުމެން ނިންމާނެ ކަމެއް" - އިލްޔާސް ލަބީބު-

އިހަވަންދޫގައި އެންމެ ކުރިއަރާފައިވާ މަސައްކަތަކީ ކަނޑު އުޅަނދު ނުވަތަ ބޯޓު ބަނުންކަން ފާހަގަކުރައްވާ އިލްޔާސް ވަނީ މިއަދު އެ މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ބޯޓު ޔާޑާއި ސްލިޕްވޭ ނެތްކަން ފާހަގަކުރައްވާފައެވެ. އަދި، ޑިމޮކްރެޓުންގެ ވެރިކަމެއްގައި އެކަންކަމަށް ހައްލު ހޯއްދަދެއްވާނެ ކަމަށް ވިދާޅުވިކަމަށް ވެސް އެ ޕާޓީން ބުންޏެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް