ads
ޝާހުރުކް ހާން އަދި ނަޔަންތަރާ
ނަޔަންތަރާ އަށް ޝާހުރުކްހާން އާއެކު ފިލްމުކުޅެން ފުުރުސަތު ލިބުން، ބޮޑު އިންގިލާބެއް
ދެކުނު އިންޑިއާގެ ސުޕަސްޓާ ނަޔަންތަރާއަށް ބޮލީވުޑުގެ ލެޖެންޑަރީ ސުޕަ ސްޓާޝާހްރުކް ހާންއާ އެކު ބޮލީވުޑް ފިލްމެއް ކުޅުން ވެގެން ދިޔައީ ގިނަބަޔަކަށް ލިބުނު ބޮޑު ޝޮކަކަށެވެ.

އަންނަ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ނެރޭ ޖަވާން ގައި ޝާހުރުކް ހާން އާއެކު ބަތަލާގެ ރޯލުން ފެންނާނީ ނަޔަންތަރާއެވެ.

ދެކުނު އިންޑިއާގެ ސިނަމާގެ 'ލޭޑީ ސުޕަސްޓާ' ގެ ނަމުން ނަންދެވިފައިވާ ނަޔަންތަރާ ވަނީ އޭނާގެ ހާއްސަ އެކްޓިންގެ ކުޅަދާނަކަމާއިއެކު އަމިއްލައަށް ބްރޭންޑަކަށް ވެފައެވެ. ތަމަޅަ، ޓެލަގޫ، އަދި މާޅިޔާޅަމް ފިލްމުތަކުން އޭނާ ފެނިގެން ގޮސްފައިވާއިރު ބޮޑު ފޭން ބޭސްއެއް އޭނާގެ އޮވެއެެވެ. 

ނަޔަންތަރާ ގެ ނަމަކީ ފިލްމު އިންޑަސްޓްރީގައި އޭނާ ބޮލީވުޑަށް އައުމުގެ ކުރިން ވެސް މަޝްހޫރު ނަމެކެވެ. "ރާޖާ ރާނީ" "އަރަމްމް"، "ރާޖާ ރާނީ"، އަދި "އިމާއިއްކާ ނޮޑިގަލް" ގައި އޭނާ ވަނީ ފެނިފައެވެ.

ބޮލީވުޑުން ޕްރޮޖެކްޓެއް ލިބުމަކީ އިންޑިއާގެ ކޮންމެ އެކްޓަރެއްގެވެސް އެންމެ ބޮޑު އެއް އުންމީދެވެ. އޭނާގެ ޓެލެންޓާ، މަޝްހޫރުކަމުގެ ސަބަބުން ބޮލީވުޑުން އޭނާއަށް ކަޅި އަޅާތާ ދުވަސްތަކެއް ވެއްޖެއެވެ. 

ޑައިރެކްޓަރު އެޓްލީ ކުމާރާއި ނަޔަންތަރާއޮތް ގާތް ގުޅުމަކީވެސް އޭނާއަށް ބޮލީވުޑުން ފުރުސަތު ލިބުމުގެ އެއް ސަބަބުކަމަށް ރިޕޯޓުތައް ބުނެއެވެ. 

ނަޔަންތަރާ އަކީ ހުނަރުވެރިކަމާއެކު އެކި ރޯލުތައް ކުޅޭ މީހެކެވެ. އޭނާގެ ސްކްރީން ކުރިމަތީގައި ފެންނަން ހުންނަލެއް ރީތިކަމަކީ ވެސް ބޮލީވުޑުން އެނާއަށް ފުުރުސަތު ދިން އެއް ސަބަބެވެ. ޝާހުރުކް ހާންއާއެކު ކުރިއަށް އޮތް ފިލްމު "ޖަވާން" އިން އޭނާ ފެނިގެން ދާއިރު، މި ކަޕުލް ވެގެން ދާނީ ބޮލީވުޑުގެ ފޭނުންނާއި މުޅި ދުނިޔެވެސް މުނިފޫހިފިލުވައިދޭ ކެމިސްޓްރީއެއް ދައްކުވައިދޭ ކަޕުލްއަކަށްކަމަށް ގިނަބަޔަކު ބުނެއެެވެ. 

ބޮލީވުޑްގެ ސްކްރީންތަކަށް އިންޑިއާގެ ދެކުނުގެ ތަރިއަކަށް ފުރުސަތު ދިނުމަކީ އިންޑިއާގެ ސަރަހައްދުތަކުގައި އޮތް ސިނަމާގެ ވާދަވެރިކަން ނިންްމައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެޅުނު ބާރެކެވެ.

ކޮންމެ ގޮތެއްވިއަސް ދެކުނުގެ ސިނަމާތަކުގައި މަޝްހޫރު ނަޔަންތަރާ އަށް މިލިބުނު ރަނުގެ ފުރިސަތުގެ ސަބަބުން އިންޑިއާގެ ފިލްމީ ދާއިރާ ކުރިއަރަމުން އަންނަކަން އެނބަ އެނގެއެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް