ރޮނާލްޑޯ ބަލަން ދިޔަ ފިލްމަކީ "ޖެއިލާ" އެވެ. މިއީ އެނެމް ފަހުން ނެރުނު ރަޖްނީކާންތުގެ އެކްޝަން ތްރިލާ ފިލްމެކެވެ. ޑައިރެކްޓްކޮށްފައިވަނީ ނެލްސަން ދިލިޕްކުމާރުއެވެ. ޕްރޮޑިއުސްކޮށްފައިވަނީ ސަން ޕިކްޗާސްގެ ކަލާނިތީ މަރަން އެވެ.
ރޮނާލްޑޯ އާއިލާއާއެކު ސިނަމާ ބޭރުގައި
މި ފިލްމުގެ ލީޑް ރޯލުން ރަޖިނީކާންތު ފެނިގެންދާއިރު، ސަޕޯޓިން ރޯލުން ވިނަޔަކަން، ރާމްޔާ ކްރިޝްނާން، ވަސަންތު ރަވީ، ސުނިލް، މިރްނާ މެނޯން އަދި ޔޯގީ ބާބޫ ވެސް ފެނިގެންދެ އެވެ.
ޖެއިލާގެ މަންޒަރެއްގައި ރަޖްނީކާންތު
އިންޑިއާގެ ސިނަމާގެ 'ސުޕަސްޓާ' ގެ ނަމުން ނަންދެވިފައިވާ ރަޖިނީކާންތު ވަނީ ލެޖެންޑަކަށް ވެފައެވެ.