ads
އިލްޔާސް ލަބީބް
މަސްވެރިން ރޮއެފައި ހާލަތު ކިޔައިދޭ: އިލްޔާސް ލަބީބް
ރަށްްރަށަށް ދަތުރުކުރުމުން ކެނޑިޑޭޓު އިލިޔަސް ލަބީބް ގާތުގައި މަސްވެރިން ރޮއެފައި އެމީހުންގެ ހާލަތު ކިޔައިދޭކަމަށް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
Advertisement

އިލްޔާސް މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސް އިން ބޭއްވި ހަރުގެ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުންނެވެ. 

މިރެގެ ޖަލްސާގައި އިލްޔާސް ވަނީ މަސައްކަތްތެރިންނަށް ޖެހިފައިވާ ހާލާއި ގުޅޭގޮތުން އޭނާ ދެކިވަޑައިގަންނަވާގޮތް ހާމަކުރައްވާފައެވެ. 

މިގޮތުން އިލްޔާސް ވިދާޅުވީ ދިވެހިރާއްޖޭގެ އާމްދަނީ އިތުރުވި ނަމަވެސް ދިވެހިންގެ ދިރިއުޅުމަށް ބަދަލު ނާންނަކަމަށެވެ. 

"ދިވެހި ދައުލަތުގެ އާމްދަނީ 7 ބިލިއަނުން 30 ބިލިއަނަށް އަރައިފި. ދިވެހި ދައުލަތުގެ ބަޖެޓު 42 ބިލިއަން ޕާސްކޮށްފި. މި އާމްދަނީ އިތުރުވެން ދިޔައިރު ތިއިން ކޮންމެ ބޭފުޅެއްގެ ކޮންމެ އާއިލާއެއްގެ ކޮންމެ ފަރުދެއްގެ ތަނަވަސްކަމަށް އައީ ކޮންފަދަ ބަދަލެއްތޯ؟ ކޮންވަފަދަ ލުތެއްތޯ؟ ކޮންފަދަ ލުޔެއްތޯ؟ ތިބޭފުޅުން އަމިއްލަ ނަފްސާ ސުވާލުކޮށްލައްވާ،" އިލްޔާސް މިރޭ ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ދިވެހި ދައުލަތުގެ އާންމްދަނީ ކުރިއެރިއަސް، ރައްޔިތުންނަށް ލިބުނު މަންފާއެއް ނެތްކަން ކޮންމެ ރައްޔިތެއްވެސް އަމިއްލަ ނަފްސާ ސުވާލުކޮށްލުމުން އެނގޭނެކަމަށެވެ. 

"ތިބޭފުޅުން ދިރިއުޅުމަށްޓަކާ ކޮންމެ ދުވަހަކު ޖީބުން ހަރަދުކުރަންޖެހޭ ވަރު. ތިބޭފުޅުންގެ އާއިލާ ބެލެހެއްޓުމަށްޓަކާ ތިބޭފުޅުން ހަރަކުރަންޖެހޭވަރު ވީ ލުއިތޯ؟ ބުރަތޯ؟ މިއީ ތިބޭފުޅުންގެ ނަފްސުން ތިބޭފުޅުން ސުވާލުކޮށްލަންޖެހޭ ކަންތައްތައް،" -އިލްޔާސް-

މިގޮތުން ދިވެހި މަސައްކަތްތެރިންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ހުރަހަކީ ސަރުކާރުގެ ތެރެއިން މި ފަރާތްތައް ކުރިއަށް ދާން ހުރި ހުރަސްތައްކަން ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު ފާހަގަކުރެއްވިއެވެ. 

"ދިވެހިރާއްޖޭގެ އެތައް އޮޑިވެރިންތަކެއް. އެތައް މަސްވެރިންތަކެއް. އެތައް ވަޑާންގެތައް ހިންގާބައެއް. އެތައް ކޮންސްޓްރަކްޝަން މަސައްކަތްކުރާ ބައެއް. އެތައް ދަނޑުވެރިންތަކެއް. އެތައް ފިހާރަ ހިންގާ ފަރާތްތައް. އެތައް ޕްރޮގްރާމް އިންޖިނިއަރުން. އެތައް މިއުޒިކް ކުޅޭ ކުދިންތައް. އެތައް ސޮފްޓުވެއާ އިންޖިނިއަރުންނެއް. މިއުޒިކު އުފައްދާ ފަރާތްތައް. ކުޅިވަރުން އާމްދަނީ ހޯދާ ފަރާތްތައް. މިއިން އެންމެންނަށްވެސް ދަތި އުނދަގޫތަކެއް އެބަހުރި،" -އިލްޔާސް ލަބީބް-

އިލްޔާސް ވިދާޅުވީ ދިވެހިރާޖޭގެ މަސްވެރިންވެސް އެނާ ކުރައްވާ ދަތުރުފުޅުތަކުގައި ބައްދަލުކޮށް "ރޮއެފައި" އެމީހުންގެ ހާލަތު ކިޔައިދޭކަމަށެވެ.

"މިއަދު އަޅުގަނޑު ރަށްރަށަށް ދަތުރުކުރިއިރު މަސްވެރިކަން ކުރާ ފަރާތްތައް. ރޮއެފަ ދެ ލޮލުން ކަރުނަ އަޅާފަ. އޮޑި ދޯނިފަހަރަށް ދިމާވެފަ ހުރި ކަންތައްތައް ކިޔާދިން. ކޮންމެ މަހަކު ތިރީސް ހާސް ރުފިޔާ އޭނަގެ އޮޑިއަށް ނަގާފަ އޮތް ލޯނަށް ދައްކަންޖެހޭ. އޮޑީގަ ތިބި ކުދިން ފެނަކަށާ އާރުޑީސީއަށާ ތަންތަނަށް ހިނގައްޖެ. އެއިން ކުއްޖަކަށް މަހުން މަހަށް ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން މަހަށް ދެވޭނެގޮތެއް ނެތް،"

އިލްޔާސް ވިދާޅުވީ މަސްވެރިންގެ ވާހަކަތަކުންވެސް އެނގެނީ ސަރުކާރުން އިހުމާލުވެފައި އޮތް މިންވަރުކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް