
ރައީސް ނަޝީދު މިހެން ވިދާޅުވީ ރޭގަ ޑިމޮކްރޭޓްސް ހަރުގޭގައި އެޕާޓީގެ މެމްބަރުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
ނަޝީދު ވިދާޅުވީ ޑިމޮކްރޭޓްސް ވެރިކަމެއްގައި ދެއްވާނެ ގޯތީގެ ޕްލޭން އަކީ ހިސާބު ޖަހާ އަންދާޒާ ކޮށްގެން، ކުރިއަށްދާނެ ޕްލޭނެއް ކަމަށާއި، އަދި ކުރެވޭނެ ހަރަދު ވެސް އެނގޭ ޕްލޭނެއް ކަމަށެވެ. އެހެން ކަމުން އިލްޔާސް ލަބީބުގެ ޒައާމަތުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށެވެ.
އަދި މި ކަމުގެ ތަފްސީލް ޕްލޭނެއް މި މަގު 25 ވަނަ ދުވަހު ރައްޔިތުންނަށް ހުށައާޅާނެ ކަމަށްވެސް ނަޝީދު ވިދާޅުވެފައެވެ.
މި ސަރުކާރުން ދޭން ނިންމާފައިވާ ގޯއްޗަކީ ސީދާ ސުކޭމެއް ކަމަށާއި، އެއީ އެއްވެސް ވަރަކަށް ފަޅެއް ބިމެއް އޮވެން ކުރާ ކަމެއްނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޑިމިކްރޭޓްސްގެ ޕްލޭން ވާނީ ދެފުށް ފެންނަ ރަނގަޅު ޕްލޭނަކަށް ކަމަށާއި، އެ ޕްލޭނާއި އެއްގޮތަށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރު ކޮށްދެވޭނެ ކަމަށެވެ.