ads
ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތައް ހިމެނޭ ދާއިމީ ލިސްޓްގެ ގުރުނެގުން - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
ގުރުނަގަން ހާޒިރުނުވާ ފަރާތްތަކުގެ ގުރުނެގުން މާދަމާ ހެނދުނު
ބިންވެރިޔާ ސްކީމުން މާލެ ސަރަހައްދުން ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން މިއަދުގެ ނިޔަލަށް ގުރުނެގުމަށް ހާޒިރުނުވާ ފަރާތްތަކުގެ ގުރުނެގުން މާދަމާ ހެނދުނު އޮންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ ބުދަ ދުވަހު އެ މިނިސްޓްރީން ކުރި އިއުލާނާ ހަވާލާދީ ޕްލޭނިން މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން މިއަދުގެ ނިޔަލަށް ގުރުނެގުމަށް ހާޒިރުނުވާ ފަރާތްތަކުގެ ގުރުނެގުން، ގަލޮޅު ދަނޑުގައި ގުރުނެގުމަށް ހަމަޖެހިފައިވާ ތަނުގައި މާދަމާ ހެނދުނު 10:00 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ވަގުތަށް ގުރުނެގުމަށް ހާޒިރުނުވާ ފަރާތްތަކުގެ ގުރުނެގުމަށް ހަމަޖެހިފައިވަނީ މީޑިއާ ކުރިމަތީގައި އެ މިނިސްޓްރީގެ ފަރާތުން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

ބިންވެރިޔާ ސްކީމުން ގޯތި ލިބޭ ފަރާތްތަކުގެ ގޯތީގެ ގުރުނެގުން ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް