ads
ހިޔާ ފްލެޓުތަކެއް: ހިޔާ ފްލެޓުތަކުގެ ބާކީ ފްލެޓުތައް ދޫކުރުމަށް ވަނީ ގުރުނަގާފައި - ފޮޓޯ:އާބަންކޯ
ހިޔާ ފްލެޓުތަކުގެ ބާކީ ފްލެޓުތައް ދޫކުރުމަށް ގުރު ނަގައިފި
ހުޅުމާލެ (ދެވަނަ ފިޔަވަހި) ގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުން އެކި ސަބަބުތަކާ ހެދި ނުދީ ހުރި ފްލެޓުތައް ދޫކުރުމަށް މިއަދު ގުރު ނަގައިފިއެވެ.

ހިޔާ ސްކީމްގެ ސިވިލް ސާވިސް ކެޓަގަރީން 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓް ލިބިފައިވާ މީހުންނާއި އެހެނިހެން ސަބަބުތަކާ ހެދި ދޫނުކޮށް 145 ފްލެޓް އެބަހުއްޓެވެ.

ހިޔާގެ ބާކީ ހުރި ފްލެޓްތައް ދޫކުރުމަށް ނިންމީ މި ސަރުކާރުންނެވެ. ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ފްލެޓްތައް ދޭނީ އެ މިނިސްޓްރީން އަންގާ ގޮތަށް، ރިޒާވް ލިސްޓަކަށް ކަމަށެވެ.

އާބަންކޯގައި ގުރުނެގުން ކުރިއަށް ދިޔައިރު، މިއަދު ވަނީ ސިވިލް ސާވިސް ކެޓަގަރީ އާއެކު 145 ފްލެޓުގެ ގުރު ނަގައިފައެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ނިންމާފައިވަނީ ސިވިލް ސާވިސް ކެޓަގަރީގެ ދާއިމީ ލިސްޓުގައި 50 ޕޮއިންޓަށް ވުރެ ދަށުން މާކްސް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލު ނުކުރުމަށެވެ. އެ ކެޓަގަރީން ފްލެޓް ހަވާލުނުކޮށް 45 މީހުން ތިބިއިރު، އެ ކެޓަގަރީ ފިޔަވައި ހިޔާ ސްކީމުގެ އެހެން އެއްވެސް ކެޓަގަރީއެއްގައި ދާއިމީ ލިސްޓްގައި 50 ޕޮއިންޓަށް ވުރެ ދަށުން ޕޮއިންޓް ލިބުނު މީހުންގެ ގޮތުގައި ނަން ހިމަނާފައެއް ނުވެއެވެ.

ސިވިލް ސާވިސް ކެޓަގަރީއަކީ މިނިސްޓްރީތަކާއި މާލެ ސިޓީ ކައުންސިލު ހިމެނޭގޮތަށް ކޮންމެ އޮފީހަކަށް ވަކި އަދަދެއް ކަނޑައަޅައިގެން އެ އޮފީސްތަކުގެ ފަންނީ، އިދާރީ އަދި ސަޕޯޓް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް އަދަދު ކަނޑައަޅައިގެން ކުރިއަށް ގެންދިޔަ ކެޓަގަރީއެކެވެ.

ހިޔާ މަޝްރޫއުގެ ދަށުން 7،000 ފްލެޓް އަޅާފައިވާއިރު، އޭގެ ތެރެއިން މީހުން އުޅުމަށް ދޫކޮށްފައި ވަނީ 6،720 ފްލެޓެވެ. ހިޔާގެ ކޮންމެ ޓަވަރެއްގެ ގްރައުންޑް ފްލޯ ހާއްސަކޮށްފައިވަނީ ވިޔަފާރި އާއި އެ ނޫން ވެސް ތަފާތު ހިދުމަތްތައް ދިނުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް