ads
ޒުވާނުންގެ ކިބައިގައި ފެހި ހުނަރު އަށަގަންނަ ވުމަށް މަޝްވަރާ ބައްދަލުވުމެއް!
ޒުވާނުންގެ ކިބައިގައި "ފެހި ހުނަރު"ގެ ނަމުގައި ހުނަރު ހަރުދަނާ ކޮށް އަށަގަންނަވުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވާއިފިއެވެ.

ފެހި ހުނަރު ނަމުގައި ޒުވާނުންގެ މެދުގައި ހުނަރު ކުރިއެރުވުމަށް ބޭއްވި މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ ނޭޝަނަލް ލައިބްރެރީ އިންސިޓިޓިއުޓް ރޫމުގެ އެޑްވޮކަސީ އެންޑް ޔޫތު ފޯރަމުގައި ގައެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނި ނޭޝަނަލް ލައިބްރެރީ އާއި، ބްރިޖަންދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް) އާއި ގުޅިގެންނެވެ.

ބީސީއެމުން ބުނީ އެ ހަރަކާތަކީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޒުވާނުންނަށް ފެހި ހުނަރު ދަސްކޮށްދިނުމުގެ ގޮތުން ދެމެހެއްޓެނިވި ދުނިޔެ އަކާއި ދިމާލަށް އެ މައުޟޫއަށް ބޭއްވުނު ހަރަކާތެއް ކަމަށެވެ. 

އަދި އެ ހަރަކާތުގައި ޒުވާނުންގެ ކިބައިގައި ފެހި ހުނަރު އަށަގަންނެވުމަށް ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި، ގުޅިގެން ކުރެވިދާނެ މަސައްކަތާއި، ޒުވާނުންގެ މެދުގައި ހުރި ގޮންޖެހުންތައް ވެސް ފާހަގަ ކޮށްފައިވެއެވެ. އަދި އެ ގޮންޖެހުންތަކާއި އެކު ފެހި ހުނަރުގެ ސަބަބުން މުޖުތަމައު އަންނާނެ ހެޔޮބަދަލު ތައްވެސް ހިމެނެއެވެ.

your image"ފެހި ހުނަރު"ގެ ނަމުގައި ހުނަރު ހަރުދަނާ ނޭޝަނަލް ލައިބްރެރީ އާއި، ބްރިޖަންދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް) އާއި ގުޅިގެން ކުރިއަށް ދިޔަ މަޝްވަރާ ބައްދަލުވުން...

މީގެ އިތުރުން މާލެ ސިޓީއާއި، އަތޮޅުތެރޭގެ ޒުވާނުން ބާރުވެރި ކުރުވައި "ޗޭންގު އޭޖެންޓުން"ގެ ގޮތުގައި ޒުވާނުން ތަމްރީން ކުރުމާއި، ގުޅޭގޮތުންވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް ބީސީއެމުން ބުނެފައިވެއެވެ.

އަދި މި ހަރަކާތުގައި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓާއި، މިނިސްޓރްީ އޮފް ކްލަިމެޓް ޗޭންޖު އެންޑު ޓެކްނޮލޮޖީ އާއި، ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ އާއި، މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަންއާއި، ޕިނެކް އިންސްޓެޓިއުޓް ފޯ ޑިވްލޮޕްމެންޓް ސްޓަޑީޒްގ އިތުރުން  ވެލްނަސް ފޯ ވިމެންސް އަދި ޒުވާނުން ބައިވެރިވެފައި ވެއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް