ގަލޮޅު އުތުރު ޖަގަހަ ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ވޭތުވެ ދިޔަ 40 ވަރަކަށް އަހަރު މާލެއިން ގޯތި ދޭން ނުކެރުނީ ކަމަށާއި އެކަން ކުރަން ކެރުނީ ރައީސް އިބްރާހީމު މުހައްމަދު ސޯލިހަށް ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ގޯއްޗަށް 22000 އަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށާއި އޭގެތެރެއިން 19000 ވުރެ ގިނަ މީހުންނަށް ގޯތި ދޭނެ ކަމަށެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ސަރުކާރުން ހުޅުވާލި ފުރުސަތުގައި ގޯއްޗަށް އެދި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 18،955 މީހެއްގެ ޝަރުތު ފުރިހަމަވެއެވެ. ހައުސިން މިނިސްޓްރީން މިހާރުދަނީ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ގުރުއަތުލުމުގެ މަސައްކަތް ގަލޮޅު ދަނޑުގައި ކުރަމުންނެވެ.
ޝަރުތު ހަމަވާ ފަރާތްތަކަށް ދައުރު ނިމުމުގެ ކުރިން ގޯތި ދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.