މާފަރު ކައުންސިލް މެމަބަރު އައިޝަތު އިބްރާހިމް ވިދާޅުވީ މާފަރަށް ފަޅަށް ވަދެފައިވަނީ ކަންނެލި އައިނެއް ކަމަށާއި، އެއީ ބޮޑެތި ކަންނެލި ކަމަށެވެ.
އައިޝަތު "ސީއެންމް" އަށް ބުނީ އެރަށު ކުނިގޮޑާއިވީ ސަރަހައްދު މޫދަށް، ވަންނަންފެށި ކަންނެލިތައް ރަށުގެ ޒުވާނުންނާއި ކުދި ބޮޑު އެންމެން ނުކުމެ ނެގި ކަމަށާއި، އެގޮތުން 200 އަށްވުރެ ގިނަ ކަންނެލި ނަގާފައިވާ ކަމަށެވެ.
އެރަށަކީ މަސްވެރި ރަށެއްނޫން ކަމަށާއި، އެހެންކަމުން މަސްދަތި ރަށެއް ކަމަށެވެ. މަސް ލިބެނީ ކައިރި ރަށްރަށަށް ގޮސްގެން ކަމަށްވެސް އައިޝާ ވިދާޅުވިއެވެ.
މާފަރުގައި ހުންނަނީ ޖުމްލަ 160 ގެ ކަމަށާއި، މިހާރު މަސައްކަތް މި ކުރަނީ ކަންނެލި ތައް ބަހާލުމުގެ މަސައްކަތް ކަމަށްވެސް އައިޝާ ވިދާޅުވިއެވެ.