ads
ވިނަރެސް ފްލެޓުތައް: ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރުން ފެށުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތު މިއަދު ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފައި - ފޮޓޯ:އާބަންކޯ
ވިނަރެސް ފްލެޓުތަކުގެ ތަޅުދަނޑި މިއަދު ހަވީރު ހަވާލުކުރަނީ
ވިނަރެސް ފްލެޓު ލިބުނު ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ބޭއްވުމަށް ނިންމައިފިއެވެ.

އާބަންކޯއިން ބުނީ އުތުރު ހުޅުމާލެ (ދެވަނަ ފިޔަވަހި) ގައި ތަަރައްގީކޮށްފައިވާ ވިނަރެސް ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރުން ފެށުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު ވިނަރެސް ޓަވަރު 10 ފަހަތުގައި ކަމަށެވެ.

ވިނަރެސްއަކީ އާބަންކޯއިން ލޯނު ނަގައިގެން ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ހިންގި މަޝްރޫއެކެވެ.

ވިނަރެސް މަޝްރޫއުގެ 13 ފަންގިފިލާގެ 10 ޓަވަރުގައި ހިމެނެނީ ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓެވެ. އެއީ 902 އަކަފޫޓާއި 883 އަކަފޫޓުގެ އެޕާޓްމަންޓްތަކެކެވެ. އެ އެޕާޓްމަންޓުތަކުގެ ތެރޭގައި މެރީނާ ވިއު އާއި އިނާ ވިއު އާއި އައުޓާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމަންޓުތައް ހުރެއެވެ.

ވިނަރެސް ފްލެޓުތައް ވިއްކަނީ 2.52 މިލިއަނާއި 2.59 މިލިއަން ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. ފްލެޓުތައް ހަވާލުކުރަނީ ފިނިޝިންގެ ހުރިހާ މަސައްކަތްތަކެއް ނިންމުމަށް ފަހުއެވެ.

'މިކްސްޑް ރެސިޑެންޝަލް ކޮމްޕްލެކްސް' މޮޑެލްއަށް ތަރައްގީކޮށްފައިވާ މި ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ވިޔަފާރިތަކަށް ދޫކުރާ ކޮމާޝަލް ޔުނިޓުތައް ހުންނައިރު، މިހާރު ވަނީ ބައެއް ޔުނިޓުތައް ވިޔަފާރިތަކަށް ދޫކޮށްފައެވެ.

ހިޔާ މަޝްރޫއިން ފްލެޓު ދޫކޮށްލި ފަރާތްތަކާއި ސީލައިފުގެ ފްލެޓަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ އިތުރުން ގުޅިފަޅުން ކުރިން ފްލެޓު ލިބުނު ފަރާތްތަކަށްވެސް ވިނަރެސްއިން ފްލެޓު ދެއެވެ.

40%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް