
ވެސްޓް ހޭމް އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން
ވެސްޓް ހޭމް އަތުން ޗެލްސީ ބަލިވެއްޖެ
މުހައްމަދު ޔާސިރު މޫސާ
21 އޯގަސްޓް 2023 - 14:35:33
އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާއި ބައްދަލުކުރި މެޗުން ޗެލްސީ ބަލިވެއްޖެއެވެ.
ވެސްޓް ހޭމްއިން މެޗު ކާމިޔާބުކުރީ 3-1 ންނެވެ. ޗެލްސީގެ ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ވެސްޓް ހޭމް އިންނެވެ. ކޯނަރެއްގައި މަތިމަތިން އައި ބޯޅަ ބޮލުން ޖަހާ ގޯލަށް ވައްދާލައިގެން ވެސްޓް ހޭމްއަށް ލީޑު ނަގައިދިނީ ނައީފް އެގުއާޑްއެވެ.
ނަމަވެސް ޗެލްސީގެ ކާނޭ ޗުކްވުމޭކާ ވަނީ ލަނޑެއް ޖަހާ ޗެލްސީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިއީ އޭނާ ސީނިއާ ކެރިއަރުގައި ޖެހި ފުރަތަމަ ލަނޑެވެ.
ވެސްޓް ހޭމްއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ މިޝައިލް އެންޓޯނިއޯއެވެ. އަދި މެޗުގެ ފަހު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ލީޑު ފުޅާކޮށްދިނީ ލޫކަސް ޕަކޭޓާއެވެ.
މިއީ މި ދެޓީމުވެސް މި ސީޒަންގެ ޕްރިމިއާ ލީގުގައި ކުޅުނު ދެވަނަ މެޗެވެ. ދެޓީމުންވެސް ކުޅުނު ފުރަތަމަ މެޗުވީ އެއްވަރެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް