ads
ހުޅުމާލެ ހޮސްޕިޓަލުގެ ސީއެސްއެސްޑީ ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ:އެސްޓީއޯ
ހުޅުމާލެ ހޮސްޕިޓަލުގެ ސީއެސްއެސްޑީ ތަރައްގީކުރަން އެސްޓީއޯއަށް
ހުޅުމާލެ ހޮސްޕިޓަލުގެ ސެންޓްރަލް ސްޓެރައިލް ސާވިސަސް ޑިޕާޓްމެންޓްގެ (ސީއެސްއެސްޑީ) ތަރައްގީކުރުމުގެ މަސައްކަތް އެ ހޮސްޕިޓަލުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާ ހަވާލުކޮށްފިއެވެ.

ސީއެސްއެސްޑީއަކީ ހޮސްޕިޓަލްތަކުގައި އާންމުކޮށް ބޭނުންކުރާތަކެތި (އިންސްޓްރޫމެންޓް، ގޯޒް، ކޮޓަން، ޑްރެސިންގައި ބޭނުންކުރާ ތަކެތި) ސާފުކޮށް، ޖަރާސީމު ނައްތާލައި، ސްޓެރިލައިޒްކުރުމަށް ބޭނުންކުރެވޭ ޑިޕާޓްމެންޓެކެވެ. ކޮންމެ ހޮސްޕިޓަލަކަށްވެސް ސީއެސްއެސްޑީއެއް ވަރަށް މުހިންމެވެ. އޮޕަރޭޝަން ތިއޭޓަރު ފަދަ ތަންތަނުގައި ބަލިމީހާއަށް އެންމެ ރައްކާތެރިކޮށް ފަރުވާދެވޭނީ ރަނގަޅު ސީއެސްއެސްޑީއެއް ހުރެގެންނެވެ.

ހުޅުމާލެ ހޮސްޕިޓަލަކީ ކުރިއަރަމުން އަންނަ އަދި ބަލިމީހުން ހިދުމަތް ހޯދާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ހޮސްޕިޓަލަކަށްވާތީ، އެ ހޮސްޕިޓަލަށް ޒަމާނީ ފެންވަރުގެ ސީއެސްއެސްޑީއެއްގެ ބޭނުން ވަރަށް މުހިންމެވެ.

އެސްޓީއޯއިން ބުނީ ސްޕެއިންގެ ކުންފުންޏެއް ކަމަށްވާ "މަޓަޗާނާ" ބްރޭންޑަކީ މި ދާއިރާގައި ކުރިއަރާފައިވާ ތަޖުރިބާހުރި ކުންފުންޏެއް ކަމަށާއި ރާއްޖޭގައިވެސް މި ބްރޭންޑްގެ ސްޓެރިލައިޒޭޝަން އިކުއިޕްމެންޓް އެ ކުންފުނީގެ ފަރާތުން ވަނީ އިންސްޓޯލްކޮށް، ހިދުމަތް ފޯރުކޮށްދީފައި ކަމަށެވެ. އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ، އައިޖީއެމްއެޗްގެ ސީއެސްއެސްޑީއަކީ މަޓަޗާނާގެ ފުލީ އިކުއިޕްޓް ސެޓަޕެއްކަން ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނެފަައިވަނީ އެ ކުންފުންޏާ މަޓަޗާނާ އާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލަށް އެންމެ އެކަށޭނެ ސެޓަޕެއް ކުރަހައި، އެ ޑިޕާޓްމެންޓްގެ އިންޓީރިއާ ހުރިހާ މަސައްކަތަކާއި އިކުއިޕްމެންޓްތައް ގެނައުމާއި އިންސްޓޯލްކުރުން އަދި ބޭނުންވާ ޓްރެއިނިންތައް ދިނުމަށް މި އެގްރީމެންޓްގެ ދަށުން އެއްބަސްވާ ކަމަށެވެ.

މި މަސައްކަތް އެ ކުންފުނީގެ ފަރާތުން ނިންމުމަށް ހަމަޖެހިފައިވަނީ 262 ދުވަހުން ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ވެދެވޭނެ އެންމެ އެކަށީގެންވާ އަދި އެންމެ ފުރިހަމަ ހައްލުތަކާއި އެހީ ވެދިނުމަށް ކަމަށާއި އާންމު ރައްޔިތުންނަށް އެކަމެއްގެ ސަބަބުން ވީހާވެސް ބޮޑު މަންފާއެއް ލިބޭނެފަދަ ކަންތައްތައް ކުރުމަށް އިސްކަންދޭނެ ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް