ads
އިންތިހާބެއްގެ ވޯޓް ލުން ކުރިއަށް.....
ވޯޓުލާ ފަރާތްތަކަށް ނުފޫޒު ފޯރުވުމަކީ ކަންބޮޑުވާކަމެއް: ޓްރާންސްޕޭރަންސީ
ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ވޯޓުލާ ފަރާތްތަކަށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުށްވެރިކޮށްފިއެވެ.

އެ ޖަމިއްޔާއިން ބުނެފައިވަނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބިނާވެފައި އޮންނަނީ ހަމައެކަނި ވޯޓުލާ ދުވަހުގެ މަރުހަލާގެ މައްޗަށް ނޫން ކަމަށާއި، ބޮޑު އިންތިހާބީ މަރުހަލާގެ މައްޗަށް ކަމަށެވެ.

އެގޮތުން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން އާންމުކޮށްފައިވާ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ޕްރީ-އިލެކްޝަން އެސެސްމަންޓުގައި ފާހަގަކޮށްފައިވަނީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) މެދުވެރިކޮށް ވޯޓުލާ ފަރާތްތަކަށް ނިޒާމީ އަދި ކޯޑިނޭޓެޑް ނުފޫޒު ފޯރުވުމުގެ ނުރައްކާގެ ކަންބޮޑުވުން އޮތް ކަމަށެވެ.

ސަރުކާރުގެ ހަރަދުގައި ބާއްވާ ޖަލްސާތައް އިފްތިތާހްކޮށް ނިންމުމުގެ ރަސްމިއްޔާތާއި ގުޅިފައިވާ އިންތިހާބީ ނުރައްކާތައް އެބަހުރި ކަމަށާއި، ޕްރޮޖެކްޓްތަކާއި، އެ މަޝްރޫއުތައް މިހާރު ތިބި ޕާޓީތަކުގެ ކެމްޕެއިން ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުން މިއީ އުފެދިފައިވާ ކަންބޮޑުވުންތަކެއް ކަމަށްވެސް ބުނެފައިވެއެވެ.

"...މިކަމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ މަސައްކަތްތަކާއި މަސްއޫލިއްޔަތުތަކާއި ކެމްޕޭނު ކުރެއްވުމާ ދެމެދު އޮތް ފަރަގު ދެނެގަންނަން އުނދަގޫވޭ،" ބަޔާނުގައި ބުންޏެވެ.

އަދި އިންތިހާބުގެ ކެމްޕެއިން ގެ ރަސްމީ މުއްދަތާއި އެކު މި ހަފްލާތައް ބޭއްވުމަކީ އެކަމާ މެދު ވަރަށް ބޮޑު ކަންބޮޑުވުމެއް އުފެދޭ ކަމެއް ކަމަށާއި، ރިޔާސީ ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުސަތްތަކެއް އޮންނަންވާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް