އެ ކަމާއި ގުޅިގެން ޕީޕީއެމުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ތުޅާދޫގެ ޕީޕީއެމް ސަޕޯޓަރުންގެ ހަރަކާތްތަކަށް ސަރުކާރުން ހުރަސް އަޅާފައިވާ ކަމަށެވެ.
އެއްވި މީހުންނަށް އަނިޔާކޮށްފައިވާ ކަމަށާއި، އެގޮތުން ލޯޑް ސްޕީކަރުފަދަ ތަކެއްޗަށް ގެއްލުންދީ މީހުން ހައްޔަރުކުރުން އެއީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޕީޕީއެމުން ބުނީ އެއީ ޑިމޮކްރަސީގެ ރޫހާއިވެސް މުޅިން ހިލާފަށް ހިންގާފައިވާ ޖަރީމާއެއްކަމުގައެވެ.
ޕީޕީއެމްގެ ބުނެއެވެ.
ޕީޕީއެމުން ބުނީ ހައްޔަރުކުރި މީހުންނަކީ ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީނު މިނިވަން ކުރުމަށް ގޮވާލާ ސުލްހަވެރި މުޒާހަރާ ކުރި ބައެއް ކަމަށެވެ.
ރައީސް ސޯލިހުގެ ތުޅާދޫ ދަތުރާއި ގުޅިގެން މާކުރިންފެށިގެން ވެސް އެރަށުގެ ބޮޑު ސަރަހައްދެއް ފުލުހުންވަނީ ބަންދު ކޮށްފައެވެ. ކެމްޕޭން ދަތުރުފުޅުތަކުގައި ކެންޑިޑޭޓުން ރަަށްރަށަށް ވަޑައިގަތުމުން އާންމުންގެ ފަރާތުން މުޒާހަރާތައް ކުރަމުންދާ ކަން ފާހަގަ ކުރެވިފައިވެއެވެ.