ads
ޝެއިހް އުސްމާން އަބްދުﷲ
ޝޭހް އުސްމާން އަބްދުﷲ ގެ ހަނދާނުގައި މަޖުލީހުގައި ސުކޫތެއް
ދީނީ އިލްމު ފެތުރުވުމަށް ގިނަ ދުވަހު މަސައްކަތް ކުރެއްވި އައްޝޭހް އުސްމާން އަބްދުﷲ ގެ ހަނދާނުގައި މަޖުލީހުގައި ސުކޫތެއް ފާހަގަ ކޮށްފިއެވެ.

އުސްމާން އަބްދުﷲ އަކީ ރާއްޖޭގައި ދީނީއިލްމު ފެތުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

އެގޮތުން ގައުމީ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްތަކެއް ވެސް ކުރައްވާފަވެއެވެ. 23 ފެބްރުއެރީ 1980 އިން 1985 ވަނަ އަހަރާއި ހަމަޔަށް މިލަދުން މަޑުލު އުތުރުބުރީގެ މެމްބަރުކަންވެސް ކުރައްވާފަވެއެވެ.

އަދި 1980 ވަނަ އަހަރު އެކުލަވާލެވުނު މަޖުލީހުގެ ހާއްސަ މެމްބަރުކަމުގެ މަގާމްވެސް އުސްމާން އަބްދުއްﷲ ވަނީ ފުރައްވާފައެވެ.

އޭގެ ފަހުން އިސްލާމްދީން އުނގަންނައިދެއްވުމާއި ދީނީ ރޮނގުން ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ރޮނގުން ޝެއިހް އުސްމާން އަބްދުﷲ، ވަނީ ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ. ޝެއިހް އުސްމާން އަބްދުﷲ 2012 ވަނަ އަހަރުވަނީ އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ހިދްމަތް ކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ.   

ޝެއިހް އުސްމާން އަބްދުﷲ ގިނަ ބައެއްގެ ތެރޭގައި މަގްބޫލު ދީނީ އިލްމުވެރިއެކެވެ. ދީނީ ފޮތްތައް ތަރުޖަމާ ކުރެއްވުމާއި، ދީނީ ދަރުސްތައް ދެއްވުމުގައި އެ މަނިކުފާނަކީ މަގްބޫލު ބޭފުޅެކެވެ. 

އެމަނިކުފާނުވަނީ ވަރަށް ގިނަ ރަށް ރަށަށް ވަޑައިގެން ދީނީގޮތުން މީހުން ހޭލުންތެރި ކުރުވުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގަވާފައެވެ.

އަދި ޓީވީތަކާ ރޭޑިއޯތަކުންވެސް އެމަނިކުފާނުވަނީ ގިނަ އަދަދެއްގެ ދީނީ ޕްރޮގްރާމްތައް ގެނެސްދެއްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް