ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައިވާ ގޮތުން ސަރުކާރު އޮފީސްތަކުގެ އާއްމު ބަޖެޓުން އެއް ބިލިއަން ރުފިޔާ އުނިކުރަން ވަނީ ނިންމާފަ އެވެ.
އެއާއެކު މިނިސްޓްރީތަކާ މަޝްވަރާ ކުރުމަށް ފަހު އެ އަދަދުތައް ވަނީ ބަޖެޓުން އުނިކޮށްފައި ކަމަށް ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައި ވެއެވެ.
އޭގެ އިތުރުން ފިނޭންސް މިނިސްޓްރީން ބުނީ ކޮންމެ ވުޒާރާއެއްގެ ބަޖެޓުން އުނިކުރި މިންވަރު އަލުން ބަޖެޓަށް އިތުރު ނުކުރާނެ ކަމަށެވެ.
ސަރުކާރު އޮފީސްތަކުގެ ބަޖެޓުން އުނިކުރި ހަރަދުތަކުގެ ތެރޭގައި މުވައްޒަފުންގެ ހިނގާ ހަރަދާއި، ދަތުރު ހަރަދުތަކާއި، މަރާމާތާއި ބެލެހެއްޓުމުގެ ހަރަދު ހިމެނެ އެވެ.