ads
ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވީ ރައީސް ސޯލިހު - ފޮޓޯ:ރައީސް އޮފީސް
ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ހައުސިން ޔުނިޓުގެ ނިމުން ފާހަގަކޮށްފި
ބ. ތުޅާދޫގައި ސަރުކާރުން ހިންގާފައިވާ ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފާހަގަކޮށްދެއްވައިފިއެވެ.

ތުޅާދޫގައި ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ރައީސް ސޯލިހު ފާހަގަކުރައްވާފައިވަނީ ބ. އަތޮޅަށް ފެއްޓެވި ރިޔާސީ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނެވެ.

ރައީސް ވަނީ ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި އެ ރަށުގެ 100 ހައުސިން ޔުނިޓުގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވައި ފެނަކަ އާ އޮފީސް ހުޅުވައިދެއްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކަމަށެވެ. މި މަޝްރޫއުގެ ދަށުން 140 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް އަދި 30 މީޓަރުގެ ޖިއޯބޭގް ގްރޮއިން ޖަހާފައިވެއެވެ.

ތުޅާދޫގައި ތަރައްގީކުރި 100 ހައުސިން ޔުނިޓުގެ މަސައްކަތް ކޮށްފައިވަނީ ޖޮއިންޓް ވެންޗަ އުސޫލުން ޕްރިސިޝަން އިންޖިނިއަރިން ސާވިސަސް ޕްރައިވެޓް ލިމިޓެޑް އަދި ފްލެކްސްއިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮަށްގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ހައުސިން ޔުނިޓުތަކަކީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް މިއަދު ހުޅުވައިދެއްވި ތުޅާދޫ ފެނަކަ އާ އޮފީސް އިމާރާތަކީ ރިސެޕްޝަން، ލޮބީ، މެނޭޖަރު ރޫމް، މީޓިން ރޫމް، ގެސްޓްރޫމް އަދި ޕޭންޓްރީ ހިމެނޭ ޖާގައިގެ ގޮތުން ތަނަވަސް އޮފީސް އިމާރާތެއް ކަމަށެވެ. 

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން ވަނީ އަތޮޅުތަކުގެ ރަށްރަށުގައި އުމުރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ އޮފީހުން ބުނީ ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް