ads
ރަައީސް ސޯލިހު މޫނު ބުރުގާ އެޅި އަންހެނުންތަކަކާ ވާހަކަ ދައްކަވަނީ---ފޮޓޯ:ރައީސް އޮފީސް
މޫނު ބުރުގާ އަޅައިގެން ކިޔަވައިދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި
އުމުރުން 10 އަހަރު ނުވާ ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަށް މޫނު ބުރުގާ އަޅައިގެން ތިބެވޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލި އުސޫލު ބަދަލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން އެކުލަވާލާފައިވާ މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލަށް ބަދަލު ގެނެސްފައިވަނީ މިއަދުއެވެ. 

އެޑިއުކޭޝަން މިނިސްޓްރީން އެ އުސޫލު އާއްމު ކުރި އިރު އެ އުސޫލުގައި ބުނެފައިވަނީ އުނގަންނައިދިނުމުގެ ހަރަކާތްތައް ކުރިއަށް ގެންދާ އިރު އަދި ދަރިވަރުންނައި މުއާމަލާތު ކުރާއިރު ތިމާއަކީ ކާކުކަން އެނގޭ ގޮތަށެވެ. 

އުސޫލުގައި އެގޮތަށް އޮތުމުން މޫނު ބުރުގާ އަޅައިގެން ޓީޗަރުންގެ ގޮތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުންނާއި ބައެއް އިލުމުވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

މޫނު ބުރުގާ އަޅައިގެން ކިޔަވައިދެވޭ ގޮތަށް އުސޫލު ބަދަލުކޮށް މިއަދު އާއްމުކޮށްފައިވާ އިރު ބުނެފައިވަނީ، އުމުރުން 10 އަހަރުން ދަށުގެ ދަރިވަރުންނަށް ކިޔަވައިދޭ، މޫނު ބުރުގާ އަޅާ މުދައްރިސުން މޫނު ހާމަ ކުރުމަށް އެކަށިގެންވާ މާހައުލެއްގައި ކިޔަވައިދޭ އިރު ދަރިވަރުންގެ ކުރިމަތީގައި ހުންނަންވާނީ ކާކުކަން އެނގޭ ގޮތަށް ސްޓާފު ކާޑު އަޅައިގެން މޫނު ފެންނަ ގޮތަށް ކަމަށެވެ. އަދި މޫނު ބުރުގާ އަޅާ ހުރިހާ މުވައްޒަފުން ދަރިވަރުްނާ މުއާމަލާތު ކުރާ ހުރިހާ ވަގުތެއްގައި ހުންނަން ވާނީ ކާޑު އަޅައިގެން ކަމަށެވެ. 

އުސޫލު އެގޮތަށް ބަދަލު ކުރުމާއި ގުޅިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވަނީ އުސޫލަށް ބަދަލު ގެނެސްފައިވަނީ އެޕާޓީން އެދުނު ގޮތަށް ކަމަށް ވިދާޅުވެފައެވެ. އިމްރާންވަނީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހަށާއި އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ އަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ރައީސް ސޯލިހާއެކު އިސްލާމީ ޝަހުސިއްޔަތު ހަރުދަނާ ކުރުމަށް ފަހި ފުރުސަތެއް އެބަ އޮތް ކަމަށް ވެސް އިމްރާން ވިދާޅުވެފައިވެއެވެ.

88%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް