ads
ޕެޕް ގާޑިއޯލާ
ސިޓީގެ ކުރިއަށް އޮތް ދެމެޗުގައި ގާޑިއޯލާ ނުފެންނާނެ
މެންޗެސްޓާ ސިޓީގެ ކުރިއަށް އޮތް ދެމެޗުގައި އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާއަށް ބައިވެރި ނުވެވޭނެކަން އެޓީމުން ހާމަކޮށްފިއެވެ.
Advertisement

ސިޓީއިން ނެރުނު ބަޔާނެއްގައި ބުނީ ގާޑިއޯލާއަށް މި ދެމެޗުގައި ބައިވެރި ނުވެވެނީ އޭނާގެ ސިއްހީ ހާލަތު އެކަމަށް ތަން ނުދޭތީ ކަމަށެވެ. ގާޑިއޯލާ ވަނީ އޭނާގެ ބުރަކައްޓަށް ތަދެއް އެރުމާއި ގުޅިގެން އޮޕަރޭޝަނެއް ކޮށްފައެވެ. އިމަޖެންސީ ނަމަވެސް ކުޑަ މި އޮޕަރޭޝަން ކުރުމަށް އޭނާ ދަތުރުކުރީ ބާސެލޯނާއަށެވެ. 

އެކްލަބުން މައުލޫމާތު ދިން ގޮތުގައި އޭނާގެ ހުރިހާ ރިކަވަރީއެއް ނިމްނެދެން ބާސެލޯނާގައި މަޑުކުރާނެއެވެ. އަދި ގާޑިއޯލާއަށް އެނބުރި ޓީމާއި ގުޅެވޭނެ ކަމަށް ސިޓީއިން ލަފާކޮށްފައިވަނީ އިންޓަނޭޝަނަލް ބްރޭކަށްފަހުއެވެ. 

މިއާއެކު އިނގިރޭސި ޕްރިމިއާ ލީގުގައި މިއަންނަ އާދީއްތަ ދުވަހު ޝެފީލްޑް ޔުނައިޓެޑާއި ދެކޮޅަށް ނުކުންނަ މެޗާއި މިއަންނަ މަހުގެ ދެވަނަ ދުވަހު ފުލަމްއާއި ދެކޮޅަށް ސިޓީއިން ވާދަކުރަން ޖެހޭ މެޗުގައި ގާޑިއޯލާ ނުފެންނާނެއެވެ. މި ދެމެޗުގައި ޓީމަށް އިރުޝާދު ދޭނީ އެސިސްޓެންޓް ކޯޗު ޖުއަންމާ ލިލޯއެވެ. 

ގާޑިއޯލާއަކީ މެންޗެސްޓާ ސިޓީގެ އެންމެ ކާމިޔާބު ކޯޗެވެ. އޭނާ ވަނީ މިދިޔަ ސީޒަންގެ ޕްރިމިއާ ލީގު، ޗެމްޕިއަންސް ލީދު އަދި އެފްއޭ ކަޕް އެޓީމަށް ކާމިޔާބު ކޮށްދީފައެވެ. މީގެ އިތުރުން މި ސީޒަންގެ ޔުއެފާ ސުޕަ ކަޕްވެސް ސިޓީން ކާމިޔާބުކުރީ ގާޑިއޯލާއާއެކުއެވެ. އުމުރުން 52 އަހަރުގެ ގާޑިއޯލާއަކީ ސިޓީއަށް ޗެމްޕިއަންސް ލީގު ހޯދައިދިން ހަމައެކަނި ކޯޗެވެ. 

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް