ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫނު ރައީސް ސޯލިހަށް ދާއިތު ކުރައްވަން ނިނަމަވާފައިވާކަން ޔުމްނާ ވަނީ އޭނާގެ ޓްވީޓާގައި ހާމަ ކުރައްވާފައެވެ.
އެގޮތުން ޔުމްނާ ވިދާޅުވެފައިވަނީ ޤައުމުގެ ހަމަޖެހުމާއި ތަރައްގީއަށް ރައީސް ސޯލިަށް ދެ ވަނަ ދައުރަކަށް އިންތިހާބުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ޔުމްނާ ރައީސް ސޯލިހަށް ތާއިދު ކުރަން ނިންމަވާފައިވާއިރު ޔުމްނާގެ ބޭބޭފުޅު ފާރިޝް މައުމޫން މިފަހަރު ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ވާދަ ކުރައްވައެވެ. އަދި ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމް ވަނީ ފާރިޝް އަށްތާއިދު ކުރައްވަން ނިންމަވާފައެވެ.
ރައީސް މައުމޫނުގެ ދެ ދަރިކަލުންކަމަށްވާ ގައްސާން މައުމޫން އާއި ދުންޔާ މައުމޫން ވެސް ތާއިދު ކުރައްވަނީ އެހެން ދެ ކެންޑިޑޭޓުންނަށެވެ. އެގޮތުން ގައްސާން ތާއިދު ކުރައްވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑ.ރ މުއިއްޒު އަށެވެ. ދުންޔާ މައުމޫން ތާއިދު ކުރައްވަނީ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ނާޒިމް އަށެވެ.