ads
ދޮންފަނުގެ ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވީ ރައީސް ސޯލިހު - ފޮޓޯ:ރައީސް އޮފީސް
ދޮންފަނުގަ ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފި
ބ. ދޮންފަނުގައި ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފާހަގަކުރައްވާފައިވަނީ ބ. އަތޮޅަށް ފެއްޓެވި ރިޔާސީ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އަންގާރަ ދުވަހުގެ މެންދުރުކުރީގައި އެ ރަށަށް ވަޑައިގެންނެވެ.

ރައީސް ވަނީ ދޮންފަނުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވައި، އެ ރަށުގެ ބަނދަރާއި އިންޖީނުގެ އަދި ފެނަކަ އާ އޮފީސް އިމާރާތް ހުޅުވައިދެއްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ދޮންފަނު ބަނދަރުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެމްޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކަމަށެވެ. ދޮންފަނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 536 މީޓަރުގެ ރިވެޓްމަންޓް ވަނީ ޖަހާފައެެވެ. އެ ރަށުގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކޮށް، އެއްގަމު ތޮއްޓާއި ބޭރުތޮށި ޖަހައި، ރޭމްޕް ހަދައި، ނެރުބައްތި އާ ބަނދަރު ބައްތި ޖަހައި ޕޭވްމަންޓް ވަނީ ހަދާފައެވެ.

ދޮންފަނު ފެނަކަ އާ އޮފީސް އިމާރާތަކީ ދަތިނުވެ 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް އިމާރާތެކެވެ. އަދި އާ އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ 650 ކިލޯވޮޓްއެވެ. ދޮންފަނު އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ބިނާކޮށްފައި ވަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ އަތޮޅުތަކުގެ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައި ކަމުގައެވެ. އަދި ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެ އޮފީހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް