ads
ތުޅާދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އާ އޮފީސް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް ސޯލިހު - ފޮޓޯ:ރައީސް އޮފީސް
ތުޅާދޫ ފެނަކަ އާ އޮފީސް ރައީސް ރަސްމީކޮށް ހުޅުވައިދެއްވައިފި
ބ. ތުޅާދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ އާ އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
Advertisement

ތުޅާދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ އާ އޮފީސް އިމާރާތް ރައީސް ސޯލިހު ހުޅުވައިދެއްވާފައިވަނީ މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އަންގާރަ ދުވަހުގެ ހެނދުނު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ތުޅާދޫގައި އަލަށް ހުޅުވި އޮފީސް އިމާރާތާ ގުޅޭގޮތުން ފެނަކައިން ބުނީ މިއީ އެ ކޯޕަރޭޝަނުގެ 14 ވަނަ އޮފީސް އިމާރާތް ކަމަށެވެ. ފެނަކައިން ބުނެފައިވަނީ މީގެކުރިން އެ ރަށުގައި އޮފީހެއްގެ ގޮތުގައި ބޭނުން ކުރަމުން އައި އިމާރާތަށް 23 އަހަރުވެފައިވާ ކަމަށެވެ.

your imageތުޅާދޫގެ 23 އަހަރުވީ ބާ އޮފީސް - ފޮޓޯ:ފެނަކަ

ތުޅާދޫގައި އިންޖީނުގޭގެ އޮފީހެއްގެ ގޮތުގައި މީގެ ކުރިން ވަކި އޮފީސް އިމާރާތެއް ނުހުންނަ ކަމަަށް ފެނަކައިން ބުނެއެވެ. ފެނަކައިން ބުނީ އޮފީހެއްގެ ގޮތުގައި ބޭނުން ކުރަމުން އައި އިމާރާތުގައި މަސައްކަތް ކުރެވެނީ ތިން މުވައްޒަފުންނަށް ކަމަށެވެ.

ފެނަކައިން ބުނި ގޮތުގައި ތުޅާދޫގައި އަލަށް އިމާރާތްކުރި އޮފީސް އިމާރާތަކީ 31x33 ފޫޓުގެ އިމާރާތެއް ކަމުގައެވެ. އެ އިމާރާތުގައި 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ފެނަކައިން ބުނީ ކުރީގައި އޮފީހެއްގެ ގޮތުގައި ބޭނުން ކުރަމުން އައި އިމާރާތުގައި ހުރީ ހަމައެކަނި ސްޓާފް އޭރިއާއެއް ކަމަށެވެ. އަލަށް ހުޅުވި އޮފީސް އިމާރާތުގައި ރިސެޕްޝަނަކާއި ލޮބީއަކާއި މެނޭޖަރު ރޫމަކާއި ޕޭންޓްރީއަކާއި ފާހާނައަކާއި މީޓިން ރޫމަކާއި ގެސްޓް ރޫމެއްގެ އިތުރުން ސްޓޯރެއް ހުންނަ ކަމަށް ފެނަކައިން ބުނެއެވެ.

your imageތުޅާދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އޮފީސް އިމާރާތް - ފޮޓޯ:ފެނަކަ

ފެނަކައިން ބުނި ގޮތުގައި މީގެ ކުރިން ބޭނުން ކުރަމުން އައި އޮފީސް ހުރީ ކުރީގެ އިންޖީނުގޭގައި ކަމަށް ވީނަމަވެސް އާ އޮފީސް އިމާރާތް އަޅާފައިވަނީ އިންޖީނުގެ އާ ވަކިން ރަށުގެ ދެކުނު ފަރާތުގައި ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް