ads
މާރިޔާ ފޮޓޯ މުހައްމަދު ޝާން: ޓުވިޓާ
ސަރުކާރުން ވާނީ ކޮވިޑުގެ ބަލިމަކުކަމާއެކު ވެސް ޑޮލަރުގެ އަގު މެއިންޓެއިންކޮށްފަ: މާރިޔާ
ކޮވިޑުގެ ބަލިމަޑުކަމާއެކު ދިމާވި އިގްތިސާދީ ދަތިތަކާއެކުވެސް ސަރުކާރުން ވާނީ ޑޮލަރުގެ އަގު މެއިންޓެއިންކޮށްފަ (އެއްވަރެެއްގައި ހިފަހައްޓާފަ) ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެންވިދާޅުވީ މިއަދު ސޯލްޓުކެފޭގައި ބޭއްވެވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ. 

އޭނާ ވިދާޅުވީ ޑޮލަރުގެ އަގު ބޮޑުވެއްޖެކަމަށް ވުނެ ބައެއް މީހުން ވާހަކަ ދައްކަމުން އަންނަކަމަށެވެ. ނަމަވެސް އެމްޑީޕީ ސަރުކާރަށް ކޮވިޑް ތެރެގައިވެސް ބޮޑެތި ދަތިތަކެއް ދިމާވިނަމަވެސް، ދައުލަތުގެ މުއައްސަސާތަކަށް ބޭނުންވާ ކަންކަންވެސް ފުރިހަމަކުރަމުން ދިޔަކަން މާރިޔާ ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑުމެންނަކީ ކޮވިޑުގެ ހާލަތާއެކުވެސް ޑިލަރުގެ އަގު މެއިންޓެއިންކުރިބައެއް،" - މާރިޔާ-

އޭގެ އިތުރުން މާރިޔާވަނީ ޕީޕީއެމްގެ ސަރުކާރުގައި ކެމްޕޭނުކުރަން ދައުލަތުގެ މުދާ ބޭނުންކުރާނެކަމަށް ބުނެފައިވާތީ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ. މާރިޔާ ވިދާޅުވީ މިހާރުވެސް އެމްޑީޕީގެ ކެމްޕޭނު ކުރިއަށްދަނީ ދައުލަތުގެ މުދާ ބޭނުންނުކޮށްކަމަށެވެ. އަދި ކެމްޕޭނުގައި ދައުލަތުގެ މުދާ ބޭނުންނުކުރާނެކަމަށެވެ. 

އަންގާރަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސް އެއްގައި މާރިޔާވަނީ އެމްޑީޕީގެ ޖަލްސާއެއް ބާއްވަން މާލޭ ސިޓީކައުންސް ހުއްދަނުދިނުމުން އެ ކަންބޮޑުން ފާޅުކުރައްވާފައެވެ. ސިޓީކައުންސިލުން އެމްޑީޕީގެ ކެމްޕޭނަށް ހުރަސްއަޅާކަމުގެ ތުހުމަތު މާރިޔާ އެ ދުވަހު ކުރެއްވިއެވެ. ނަމަވެސް މިއަދު މާރިޔާ ވިދާޅުވީ މީޑިއާތަކުން އެ ވާހަކަ ދެއްކުމުން 1 ސެޕްޓެމްބަރުގައި އެމްޑީޕީން މާލޭގައި ބާއްވާ ޖަލްސާއަށް ސިޓީކައުންސިލުން ހުއްދަ ދީފައިވާކަން އިއުލާނުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް