ads
ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު އިލްޔާސް ލަބީބް
ކްރިއޭޓިވް ވިޔަފާރިތަކަށް ފޯކަސްކުރާނަން: އިލްޔާސް
ޑިމޮކްރެޓުންގެ އެންމެ ބޮޑު ފޯކަސް އަކީ ކްރިއޭޓިވް ކުދި ވިޔަފާރިތައް ކުރާ ކުދިންނަށް އިތުރު ހިތްވަރަކާއި މާލީ އެހީތެރިކަން ދިނުންކަމަށް ޑިމޮކްރެޓްގެ ކެނޑިޑޭޓު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
Advertisement

އިލްޔާސް މިހެން ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ކެމްޕޭނުގައި ޅޮއްސަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގަ އެވެ.

ޑިމޮކްރެޓްސް އިން ބުނީ ނ. ޅޮހީގައި އޮންނަ ސާފް ޕޮއިންޓު އިތުރަށް ތަރައްގީކޮށް އެ ރަށަށް ސާފުކުރަން އަންނަ ފަތުރުވެރިންނަށް އެއީ އެދާއިރާގެ ހިދުމަތްތައް ލިބޭނެ މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރިވިގެންދާނެ ކަމަށް ޑިމޮކްރެޓުންގެ ކެންޑިޑޭޓު އިލްޔާސް ލަބީބު ވައުދުވެވަޑައިގެންފައިވާކަމަށެވެ. 

 އެގޮތުން އެ ސާފް ޕޮއިންޓަކީ ރާއްޖޭގައިވެސް މަޝްހޫރު އަދި ފަތުރުވެރިންގެ މެދުގައިވެސް މަގުބޫލު ތަނެއްކަން ކެންޑިޑޭޓު ފާހަގަކުރެއްވިކަމަށްވެސް އެ ޕާޓީން ބުންޏެވެ. 

"މި ރަށުގެ ސާފް ޕޮއިންޓުގައި ސާފްކުރަން ބޭނުންވާ ފަރާތްތަކަށް އެތަން ތަރައްގީކޮށް އެކަން ކުރިއަރުވާނެ ޖާގަ ހޯދައިދޭން އެބަޖެހޭ، ސާފްކުރަން މިތަނަށް އަންނަ ފަތުރުވެރިންގެ އެކޮމޮޑޭޝަން އިން އަދި ސާފްކޮށްގެން ލިބޭ މަންފާ މި ރަށުގެ ރައްޔިތުންނަށް ހޯދަން އެބަޖެހޭ،"

އެ ޕާޓީން ބުނީ އިލްޔާސް ވިދާޅުވީ ޑިމޮކްރެޓުންގެ ސަރުކާރެއްގައި ޅޮހީގެ ސާފް ޕޮއިންޓޮ، އެ ރަށުގެ ރައްޔިތުންނާއި ޒުވާނުން ބޭނުންވާ ގޮތަށް ތަރައްގީކޮށް، އެ ސާފް ޕޮއިންޓުން ސީދާ ޅޮއްސަށް މަންފާ ލިބޭނެ ގޮތް ހަދައިދެއްވާނެ ކަމަށް ވިދާޅުވިކަމަށެވެ. 

ނ. އަތޮޅު މާފަރުގައި ތަރައްގީ ކުރެވޭ އިންޓަނޭޝަނަލް އެއާޕޯޓާއެކު ޅޮހީގައި ގެސްޓްހައުސް ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާގެ އެހެން ވިޔަފާރިތައްވެސް ކުރިއަރުވަން މި ޕާޓީގެ ސަރުކާރެއްގައި އެހީވާނެ ކަމަށް ކެންޑިޑޭޓު ވިދާޅުވި ކަމަށް އެޕާޓީން ބުންޏެވެ. ޑިމޮކްރެޓުންގެ ވެރިކަމެއްގައި އެފަދައިން ފަތުރުވެރިން ގެންދިއުމުގައި އޮތް އެންމެ ބޮޑު އެއް ހުރަސް ކަމުގައިވާ ފްލައިޓު ޓިކެޓުގެ ފަރަގު އުވާލާ ދިވެހިންނާ އެއްވަރުކުރެވޭނެއެވެ.

"މާފަރު އެއާޕޯޓަށް ދުނިޔޭގެ އެކި މަންޒިލުތަކުން ފުލައިޓު ޖެއްސޭން ގޮތް އެ ހަދަނީ، އެތަނުން އަންނަ ފަތުރުވެރިން މިތަނުގައި އަޅާ ގެސްޓްހައުސްތަކަށް އައިސް އެކަމުން މި ރަށުގެ ފަތުރުވެރިންނަށް މަންފާ ލިބޭނެ ގޮތަކަށް މިކަން ބައްޓަން ނުކުރަންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުފެނޭ"


ފަތުރުވެރިކަމާއި ސާފިންގެ އިތުރުން އިލްޔާސް ވަނީ ޅޮއްސަކީ ފަންނުވެރިން ގިނަ ރަށެއްކަން ފާހަގަކުރައްވާ އެފަދަ ފަރާތްތަކަށް ޑިމޮކްރެޓުންގެ ސަރުކާރެއްގައި އޮތް ސިޔާސަތުތައް ތަފުސީލުކޮށްދެއްވާފައިވާކަމަށް ވެސް އެ ޕާޓީން ބުންޏެވެ. 

"މި ރަށުގެ ޒުވާނުން، އެކި އެކި ދަބަސްތަކާ ޓީޝާޓު ތަކާ އެކި އެކި އާޓް ވޯކްތައް ހަދައިގެން އޭގެ ޕްރޮޑަކްޓްތައް މާލެއަށް ފޮނުވާ މާލެއިންވެސް އެބަ ވިއްކާ، އަޅުގަނޑުމެން މި އަންނަނީ އެކަހަލަ ކުދިން، އެކަހަލަ މަސައްކަތްތައް ކުރާ ކުދިންގެ ވިޔަފާރިތައް ކުރިއަރުވަން"

ކެންޑިޑޭޓު އިތުރަށް ފާހަގަކުރެއްވީ ޑިމޮކްރެޓުންގެ އެންމެ ބޮޑު ފޯކަސް އަކީ އެފަދަ ކްރިއޭޓިވް ކުދި ވިޔަފާރިތައް ކުރާ ކުދިންނަށް އިތުރު ހިތްވަރަކާއި މާލީ އެހީދީ، އެ މަސައްކަތުގައި ދިމާވާ ދަތިތައް، މިސާލަކަށް ވަސީލަތްތަކާއި ޑޮލަރު ހޯދުމުގައި ހުރި ދަތިތައް ނައްތާލުން ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި އެމީހުން އެކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ހޯދާ، އިތުރު ފައްތަރަކަށް ގެންގޮސް، އެއީ ބޮޑު އިންޑަސްޓްރީއަކަށް ހެދުމުގެ ފުރުސަތު އެމީހުންނަށް ހޯދަދޭނަން" އިލްޔާސް ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް