ads
ޖެރެމީ ޑޯކޫ
ޖެރެމީ ޑޯކޫ، ސިޓީގައި މެޑިކަލް ޓްސްޓް ހަދައިފި
ބެލްޖިއަމްގެ ވިންގަރު ޖެރެމީ ޑޯކޫ، މެންޗެސްޓާ ސިޓީއަށް ބަދަލުވުމަށް މެޑިކަލް ޓެސްޓުތައް ހަދައިފިއެވެ.

އުމުރުން 21 އަހަރުގެ ފޯވާޑް މިހާރު ކުޅެމުން އަންނަނީ ރެނެސްއަށެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް92 މެޗު ކުޅެދީ 12 ލަނޑު ޖަހައިދީފައެވެ. 

ޖެރެމީއަކީ މި ޓްރާންސްފާ މާކެޓުގައި ސިޓީ އާއި ގުޅޭނެ ތިންވަނަ ކުޅުންތެރިޔާއެވެ. ސިޓީން މިހާރު ވަނީ ޗެލްސީގެ މަޓެއު ކޮވަކިޗް 25 މިލިއަން ޕައުންޑަށް އަދި އާރުބީ ލައިޕްޒިގަށް ކުޅެމުން އައި ޖޮސްކޯ ވާޑިއޯލް 77 މިލިއަން ޕައުންޑަށް ހޯދާފައެވެ. ޖެރެމީ ސިޓީ އާއި ގުޅެނީ 55.4 މިލިއަން ޕައުންޑުގެ އަގަކަށެވެ. 

ސިޓީގެ އިތުރުން ވެސްޓް ހޭމް، ޓޮޓެންހަމް އަދި ޗެލްސީންވެސް ވަނީ އޭނާ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި ޖެރެމީ ސިޓީއަށް ރަސްމީކޮށް ސޮއި ކުރާނެއެވެ. އޭނާ ވަނީ 2020 ވަނަ އަހަރުގެ ޔޫރޯ އަދި މިދިޔަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ބެލްޖިއަމް ޓީމަށް ކުޅެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް