ads
ރައީސް ސޯލިހު---
ކަނޑާ ބަނދަރުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރާނަން: އެމްޑީޕީ މެނިފެސްޓޯ
ކަނޑާ ބަނދަރުތަކުގެ ސެކިއުރިޓީ ވަރުގަދަ ކޮށް އެއްގަމާއި ކަނޑުގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރު އިތުރުވަމުންދާއިރު، ހިނގާފާނެ ހާދިސާތަކަށް ލަސްނުވެ ހަރަކާތްތެރި ވެވޭނެހެން ސިފައިންނާ ފުލުހުންގެ ލޮޖިސްޓިކް ނިޒާމު ވަރުގަދަކުރާނެ ކަމަށް އުފާވެރި އަމާންރާއްޖެ' މެނިފެސްޓޯގައި ހިމަނާ، ދެވަނަ ދައުރެއްގައި އެކަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެ ވަޑައިގެންފި އެވެ.

ބ. ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ކެމްޕޭން ވައުދުތައް އާންމު ކުރައްވަމުން ކަނޑާ ބަނދަރުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ރައީސް ވައުދުވެ ވަޑައިގެންފައިވާއިރު، ވިލުންވެރި ރާއްޖެއަކަށް ގެންދިއުމަށްޓަކާއި، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތަށް މި ސަރަހައްދުގެ ގައުމުތަކާއި، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއާއި ވިސްނުން އެއްގޮތް ގައުމުތަކާއެކު ދިފާއީ އަދި ސަލާމަތީ ގުޅުންތައް ބަދަހިކޮށް، އެ ގުޅުންތަކުގެ ތެރެއިން އިތުބާރު އުފައްދާ، ރާއްޖޭގެ ދިފާއީ އަދި އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ވެސް ހިމަނާފައިވެއެވެ.

ރާއްޖޭގެ ކޯސްޓަލް ސާރވެއިލަންސް ހަރުދާނާކޮށް މިހާރުގެ ރާޑަރ ނެޓްވޯރކް ފުޅާކުރެވޭނެ ކަމަށާއި، ގައުމީ ސަލާމަތާ ބެހޭ ހާއްސަ ގާނޫނަކުން ބާރުލިބިގެން ދިވެހިރާއްޖޭގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އާއި ސައިބަރ ސެކިއުރިޓީ ކަށަވަރު ކުރުމަކީވެސް މީގެ ތެރޭގައި ހިމަނާފައިވާ ކަންތައަތަކެވެ.

ހަމަ މިޔާއެކު، ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ނުރައްކާ ކަމަށްވާ ޓެރަރިޒަމްގެ އަމަލެއް ހިންގިޔަ ނުދިނުމައްޓަކާއި، ނެޝަނަލް މެރިޓައިމް އިންފޮމޭޝަން ފިއުޝަން ސެންޓަރެއް ގާއިމްކޮށް، އެތަނުގެ އެހީތެރިކަން ގުޅުންހުރި އިދާރާތަކަށް ފޯރުކޮށްދޭނެ ކަމަށް ވެސް މެނިފެސްޓޯގައި ހިމަނާފައިވެއެވެ. 

އަދި ރާއްޖޭގެ ބިލްޓްއަޕް އޭރިއާތައް ހަލުވިކަމާއެކު އިތުރުވަމުންދާތީ، ބިލްޓްއަޕް އޭރިއާތަކުގައި ކުރިމަތިވެދާނެ ކާރިސާތަކުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ތަމްރީނާއި އާލަތްތަކާއެކު ތައްޔާރު ކުރެވިފައިވާ އާބަން ސާރޗް އެންޑް ރެސްކިއު (ލައިޓް) ޓީމެއް ރާއްޖޭގައި ގާއިމު ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ. 

މީގެ އިތުރުން ބައިނަލްއަގްވާމީ ސީޕޯޓްތަކާއި ކަނޑުގެ މާހައުލުގައި ހާއްސަ އިގްތިސާދީ މަސައްކަތްކުރުމަށް ތަރައްގީކުރެވޭ ތަންތަނުގައި މެރިން ފަޔަރ ފައިޓިންގެ ހިދުމަތް ގާއިމު ކުރާނެ ކަމަށް ވެސް މެނިފެސްޓޯގައި ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް