ads
ރައީސް ރ. މީދޫ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.....
އިންސާފު ގާއިމު ކުރުމަކީ އެމްޑީޕީގެ ސަރުކާރެއްގައި އެންމެ މުހިންމު ސިޔާސަތު: ރައީސް
އިންސާފު ގާއިމު ކުރުމަކީ އެމްޑީޕީގެ ސަރުކާރެއްގައި އެންމެ މުހިންމު ސިޔާސަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ ރ. މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އިންސާފު ގާއިމު ކުރުމާއި އިންސާފު އަވަހަށް ލިބިދިނުމަކީ ރައްޔިތުންނަށް އެންމެ މުހިއްމު ކަންތައް ކަމަށެވެ. އެމްޑީޕީ ވުޖޫދުވެގެން އައީ އިންސާފުގެ މައްޗަށް ކަމަށާއި، އިންސާފު ރައްޔިތުންނަށް ހޯދައި ދިނުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

"އެމްޑީޕީ އައީ އަނިޔާވެރިކަން އިންތިހާ އަށް ގޮސްފައި އޮތް އޮތުން މުޅިން ބަދަލުކުރުމަށް. މީގެ ކުރިން އެތައް ބަޔަކު ހުކުމެއްނެތި އެތައް އަނިޔާތަކެއްގެ ތެރޭގާއި އެތައް ދުވަހަކު ހޭދަ ކުރަން ޖެހުނު. އިންސާފު ނުލިބި ވެރިންގެ ގާތަށް އާދޭސް ކުރުމުން ދިޔަ." -ރައީސް-

ރައީސް ވިދާޅުވީ މިކަން މިހެން އޮތުމުން އެމްޑީޕީގެ ސިޔާސަތުތަކާއެކު ކުރިއަށްދާނީ އިންސާފުން ގާއިމު ކުރުން ކަމަށާއި، އެހެންކަމުން ވޭތުވެދިޔަ ފަސްއަހަރު ތެރޭ ޝަރުއީ ދާއިރާ އަށް ރައްޔިތުންގެ ވަރަށްބޮޑު އިތުބާރެއް ލިބިފައިވާ ކަމަށެވެ. ހާއްސަކޮށް ސްޕްރީމް ކޯޓާއި ދޭތެރޭ ވަރަށް ބޮޑަށް އިތުބާރު އުފެދިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ފަނޑިޔާރުންގެ ގޮތުގައި އަންހެން ފަނޑިޔާރުން އައްޔަން ކުރެވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ސްޕްރީމް ކޯޓްގެ ބެންޗަށް އަންހެން ފަނޑިޔާރުން ގެނަވުމަކީ ލިބުނު އިންގިލާބީ ބަދަލެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

"ގާނޫނީ ވަކީލުންގެ މަސައްކަތް ގާނޫނީ ގޮތުން ރެގިއުލޭޓް ކުރެވި މިހާރަށްވުރެ ޕްރޮފެޝަނަލް ބަޔަކަށް ހެދުމައްޓަކާއި، ވަކީލުންނާއި ބެހޭ ގާނޫނެއް ފާސްކުރެވި ތަންފީޒު ކުރެވެމުންދަނީ" ރައީސް

އިންސާފު ލިބޭ ކަމަށް މިއަދު ރައްޔިތުން ގަބޫލު ކުރާ ކަމަށާއި، އަދި މިފަދަ އެތައް ކަމެއް ސިޔާސަތު ތަކުގެ ތެރެއިން ފެންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީދޫ އަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުތައް: 

މީދޫ ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ކުރުން

މީދޫގައި ކޮންޓްރެކްޓް ކުރެވިފައިވާ އާ ހޮސްޕީޓަލް ނިންމުން

ބޯހިޔާވަހިންކަން ހައްލު ކުރުމަށް ހައުސިން މަޝްރޫއެއް ގާއިމު ކުރުން

ޒަމާނީ ފެންވަރަށް މަގުތައް ހަދާ ތާރު އަޅާ ނިންމުން

ބޮޑު މިސްކަތެއް އަަޅައި ދިނުން

ކަރަންޓްގެ ކެޕޭސިޓީ އިތުރު ކުރުމައްޓަކާއި އާ އިންޖީނުގެއެއް އަޅައިދިނުން

ޒުވާނުންނަށް ވޮލީ ކޯޓަކާއި ފުޓްބޯޅަ ސްޓޭޑިޔަމްގެ ރޮސްޓްރަމް އަޅައިދިނުން

ޒުވާނުންނަށް ކޮމިއުނިޓީ ސެންޓަރެއް އަޅައިދިނުން

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް