ads
މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ
ގޯތި ގުރުއަތު ބްރޭކަށް ފަހު ކުޅުނު ފުރަތަމަ މެޗު މާޒިޔާއަށް
ގޯތި ދޫކުރުމަށް ގަލޮޅު ދަނޑު ބޭނުން ކުރަން ޖެހޭތީ ދިވެހި ލީގު މެދު ކަނޑާލުމަށް ފަހު އަލުން ފަށައިގެން ކުޅުނު ފުރަތަމަ މެޗުން މާޒިޔާ މޮޅުވެއްޖެއެވެ.

މިއަދު ހަވީރު ދިވެހި ލީގުގައި މާޒިޔާ މޮޅުވީ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އަތުންނެވެ. މާޒިޔާއާ ސުޕަރ ޔުނައިޓެޑުގެ މެޗުން މާޒިޔާ މޮޅުވީ ތިން ލަނޑު ސުން ލަނޑުންނެވެ. 

މި މެޗުގައި މާޒިޔާއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑަކީ ބިދޭސީ ކުޅުންތެރިން ޖެހި ލަނޑެވެ. އަނެއް ލަނޑަކީ ސުޕަރ ޔުނައިޓެޑުގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. 

ލީގުގައި މިރޭވެސް މެޗެއް ކުޅޭނެއެވެ. މިރޭ ކުޅޭނީ އީގަލްސްއާ ބުރު ސްޕޯޓްސްއެވެ. އީގަލްސް އެންމެ ފަހުން ކުޅުނީ އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގެ މެޗެކެވެ. އެމެޗުގައި ޑާކާ އަބަހާނީ އަތުން ބަންގްލަދޭޝްގައި އެ ޓީމުވަނީ ބަލިވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް