ads
ޑރ.އިޔާޒު---
ސަލަފުގެ ރައީސް ހަމާލަތަކުން ސަރުކާރު ދިފާއު ކުރެއްވީ އިޔާޒު
ރައީސް އިބްރާހީމު މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން އަދާލަތު ޕާޓީގެ އިލުމުވެރިންގެ މަޖިލީހުގެ ނައިބް ރައީސް ޑރ.އިޔާޒު އަބްދުއްްލަތީފު ގޮވާލެއްވި ގޮވާލެއްވުމަށް ޖަމިއްޔަތުއްސަލަފުގެ ރައީސް ޝެއިހު އަބްދުﷲ ފާޑު ވިދާޅުވުމުން ޑރ.އިޔާޒު ރައްދު ދެއްވައިފިއެވެ.
Advertisement

ރައީސް ސޯލިހަށް ތާއިދު ކުރަން އިޔާޒު ގޮވާލެއްވުމުން އެކަމަށް ރައްދު ދެއްވާ ޝެއިހް އަބްދުﷲ ވަނީ ސަރުކާރުން ގޯސްކޮށް އަމަލުކޮށްފައިވާ ކަމަށް ވިދާޅުވެ ބައެއް ކަންތައްތައް ފާހަގަ ކުރައްވާފައެވެ. 

އަބްދުﷲ ފާހަގަ ކުރެއްވި ކަންތައްތައް:

. އެމްޑީއެން ބާރުވެރި ކުރުވައި، އިސްލާމު މުގައްރަރު ބަދަލުކުރަން ފެށުން، 

. ނަފްރަތުގެ ބިލް ފާސްކުރުން، 

. އިސްލާމީ ޝަރީޢަތް ކިޔަވާ ފަރާތްތަކަށް ވަކާލާތުގެ ފުރުޞަތު އުވާލުން، 

. ސްޕްރީމް ކޯޓަށް ޝަރީޢާ ނުކިޔަވާ، ޢައުރަ ނިވާ ނުކުރާ އަންހެނުން ލުން، 

. ސްކޫލްތަކުން ޤުރްއާން މާއްދާ އިހުމާލުކޮށް އޯލެވެލް ޓެސްޓުން ޤުރްއާން އެއްފަރާތްކުރުން، 

. ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކަށް ފިޔަވަޅު ނާޅާ ދީނަށް ލޯބިކުރާ ޒުވާނުން ޓެރަރިޒަމްގެ ނަމުގައި ހައްޔަރުކޮށް، ޙަޤީޤީ ކުށްވެރީންނާ، ޓެރަރިސްޓުން ދޫކޮށް، ޤުރްއާނުގައި ޘާބިތު ޤިޞޯޞް ޙުކުމަށް ޢަމަލު ނުކުރުމުގެ ވަޢުދުވުން،  

. ދުނިޔޭގައި އުފެދުނު، މުސްލިމުންނާ އެންމެ ޢަދާވާތްތެރީންގެ ތެރެއިން ޢަސްކަރީންނާ އެކު ސިއްރު އެގްރީމެންޓުތައް ހަދައި، ދައުލަތުގެ ބައިތުލްމާލު ހުސްކޮށް ރައްޔިތުންގެ ދިރިއުޅުންދަތި ކުރުން 

ސަލަފުގެ ރައީސްގެ މިވާހަކަތަކާއި ގުޅިގެން އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އިޝާރާތް ކުރައްވާ ވަކިވަކިން ޑރ. އިޔާޒުވަނީ ރައްދު ދެއްވާފައެވެ. 

ޑރ. އިޔާޒު ދެއްވި ރައްދުތައް: 

. އެމްޑީއެން އުވާލާފައިވާ ކަން. އެއީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ކުރަން ނުކުޅެދުނު ކަމެއްކަން

. އިސްލާމު މުގައްރަރު ލިޔެ ތައްޔާރުކޮށްފައިވަނީ ގިނަ ދީނީ އިލުމުވެރިންތަކެއްގެ ބައިވެރިވުމުގެ މަތިން ކަމާއި، އެ ފޮތް މުރާޖައާ ކޮށްފައިވަނީ ދީނީ އިލުމުވެރިންގެ ބެއްލެވުމުގެ ދަށުން ކަން

. ނަފުރަތުގެ ބިލު ފުރަތަމަ ފޮނުވިއިރު މައްސަލަތައް ހުރި ނަމަވެސް ރައީސް ސޯލިހުގެ ސަމާލުކަމަށް ގެނައުމުން، ބިލު ފާސްކޮށް ތަސްދީގު ކުރީ ދީނީ އިލުމުވެރިން އެދިވަޑައިގެން ގޮތަށް ކަމަށް

. އިސްލާމީ ޝަރީއަތް ކިޔަވާ މީހުންނަށް ފުރުސަތު ބަންދު ނުވާ ކަމަށާއި، ބާ ކައުންސިލުގެ އެގްޒާމަށްފަހު ހުއްދަ ލިބޭކަން 

. އަންހެނުން ފަނޑިޔާރުކަން ކުރާތާ އެތައް ޒަމާނެއް ވެފައިވާކަން. ސްޕްރީމު ކޯޓުގެ ހުކުމުތަކަށް ބަލާއިރު، ކުރިއާ އަޅާބަލާއިރު އެތައް ގުނައެއް ރަނގަޅުކަމަށް،

. ގުރުއާން މާއްދާ އިހުމާލު ކުރުމަށް ނިޒާމީ ގޮތުން މަންހަޖަށް ބަދަލެއް ގެނެވިފައި ނުވާކަން. 

. ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާ ޖަލަށްލާފައިވާކަން،

. އަނިޔާވެރިކަމާ އަބަދުވެސް ދެކޮޅު ކަމަށާއި، ރާއްޖޭގައި ހަރުކަށި ފިކުރު ނެތް ކަމަށް ބުނުންވާނީ ދޮގެއްކަން،

. ގިސާސްގެ ހުކުމް ތަންފީޒު ނުކުރަން ނިންމާފައިވަނީ މި ސަރުކާރުން ނޫންކަން،

. އިންޑިއާ ސަރުކާރާއެކު ހެލިކޮޕްޓަރާއި މަތިންދާބޯޓު ގެންނަން އެއްބަސްވެ ސޮއިކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ކަން،

. ދޮޅު އަހަރެއްހާ ދުވަހު އިގުތިސާދުގެ ބޮޑު ބައެއް ހުއްޓާލައިގެން ތިބެން ޖެހުނު ނަމަވެސް ރާއްޖެއަކީ މި ސަރަހައްދުގައި އެންމެ ކުރިއަރަމުންދާ އިގުތިސާދުކަން،

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އިދިކޮޅު ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒަށް ސަލަފުޖަމިއްޔާއަށް ނިސްބަތްވާ ބައެއް ބޭފުޅުންދަނީ ތާއީދު ކުރަމުން ގެންދާއިރު އެމްޑީޕީގެ ބައެއް ފަރާތްތަކުން ދަނީ ޑރ.މުއިއްޒަކީ ސަލަފު/ޕީއެންސީގެ ކެންޑިޑޭޓެއް ކަމަށް ބުނަމުންނެވެ. 

53%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް