ads
ރައީސް ނިލަންދޫއަށް ކުރެއްވި ދަތުރުގެ ތެރެއިން
ނިލަންދޫ ފަޅުގައި ދެ ރިސޯޓް ހަދަން ސާވޭ ފަށައިފި
ފ. ނިލަންދޫ ހުޅަނގު އުތުރު ފަރާތު ފަޅުތެރެއިން 2 ރިސޯޓް އެޅުމަށްޓަކައި ސަރވޭ ކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ނިލަންދޫ ކައުންސިލުން ބުނި ގޮތުގައި މިމަސައްކަތަކީ ނިލަންދޫ ކައުންސިލްގެ ފުރިހަމަ އިސްކަމެއްދީގެން ނިލަންދޫގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ މަސައްކަތެވެ. 

މި މަސައްކަތަކީ މިދިޔަ މެއި މަހު ނިލަންދޫގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވި ޕްރޮޖެކްޓެކެވެ.

ފ. އަތޮޅުގައި ފަތުރުވެރިކަމުގެ ދާއިރާ ފުޅާ ކުރެއްވުމަށް، ނިލަންދޫ ފަޅު ހިއްކައިގެން ދެ ރިސޯޓް ތަރައްޤީ ކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ނިލަންދޫގައި އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައެވެ.

ފ. ނިލަންދޫ ފަޅުތެރޭގައި ރިސޯޓް ހަދަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްވެސްވަނީ ވިދާޅުވެފައެވެ. ފ. ނިލަންދޫ ފަޅު ތެރޭގައި ދެ ރިސޯޓް ތަރައްގީ ކުރުމަށް އެ ރަށު ކައުންސިލުން ނިންމީ، ޓޫރިޒަމް މިނިސްޓްރީގެ ލަފާގެ މަތިން، ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ފަހުއެވެ. ޑރ. މައުސޫމް ވިދާޅުވީ ފ. ނިލަންދޫ ކައުންސިލްގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އަޅުގަނޑު ހިތުން މިކަމުގެ ސަބަބުން ފ. ނިލަންދޫއަށްވެސް އަދި ފ. އަތޮޅަށްވެސް ވަރަށް ރަނގަޅު އިތުރު ތަރައްގީތަކެއް އަންނާނެ. ފަތުރުވެރިކަމުގެ އެކަށީގެންވާ އިތުރު ކުރިއެރުންތަކެއް އެކަމުގެ ސަބަބުން ލިބިގެންދާނެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިލަންދޫ ފަޅުގައި ދެ ރިސޯޓް ހެދުމަށްޓަކައި ރަށު ކައުންސިލުން ގެންގުޅޭ ވިސްނުމަކީ އެއް ރިސޯޓް ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓަށް އަދި އަނެއް ރިސޯޓު އިންޓަގްރޭޓް މޮޑެލްއަށް ތަރައްގީ ކުރުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް