ads
ރައީސް ނަޝީދު، ހާރޫން އަދި އަމްރު
ވިލިގިލި ކޫއްޑޫ ބްރިޖް އަޅާނީ ޑިމޮކްރެޓްސް އިން: އަމްރު
ގއ.ވިލިގިއްޔާއި ގއ.ކޫއްޑޫގެ ބްރިޖް އަޅާނީ ދަ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ކަމަށް، ދަ ޑިމޮކްރެޓްސް އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެޕާޓީއިން ހުށަހަޅުއްވާފައިވާ ރަނިންގްމޭޓް ހުސައިން އަމްރު ރަޝާދު ވިދާޅުވެއްޖެއެވެ.
Advertisement

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، މިއަދު ގއ. ވިލިގިއްޔަށް ވަޑައިގެން، އަމްރު ވިދާޅުވީ ވިލިގިލި ކޫއްޑޫ ގުޅާލުމަށް ބްރިޖެއް އެޅުމަކީ މިހާރު މިއޮތް ސަރުކާރު ވެރިކަމަށް ގެނައުމަށް، އެބޭފުޅުން ވިލިގިލި ރައްޔިތުންނަށް ވި ވައުދެއް ކަމަށާއި، އެހެންނަމަވެސް، ވެރިކަމުގެ ދައުރު ނިމުމަކާއި ހަމައަށް އައިރު، އެކަން ނުވެއޮތީ މިސަރުކާރަށް އެކަން ކުރަން ނޭގުމުން ކަމަށެވެ.

އަދި ޑިމޮކްރެޓްސްގެ ސަރުކާރެއްގައި ވިލިިގލި ރައްޔިތުންނަށް އެކަން ކޮށްދެއްވާނެކަމަށް ބުނެ ވައުދުވެވަޑައިގެންނެވިއެވެ.

އަމްރު ވިދާޅުވީ ކޫއްޑޫއަކީ ވަޒީފާގެ ފުރުސަތުތައް ގިނަ ރަށެއް ކަމަށާއި ބްރިޖަކުން ގުޅާލެވިއްޖެނަމަ ވިލިގިލި ރައްޔިތުންނަށް އެ ފުރުސަތު ވެސް ހުޅުވިގެންދާނެ ކަމަށެވެ. ބްރިޖް އެޅުމުން ކޫއްޑުއަށް އަންނަ ފަތުރުވެރިންނަށް ވިލިގިއްޔަށް އާދެވި އެކަމުގެ ސަބަބުން ވިލިނގިލީގެ ރައްޔިތުންނަށް އެތަކެއް ފައިދާތަކެއް ވާނެ ކަމަށް އަމްރު ފާހަގަ ކުރެއްވިއެވެ.

"2018 ވަނަ އަހަރު ޓިކެޓާއެކީގައި އަޅުގަނޑުމެން ހުށަހެޅިން މިކަން ކުރަން. މިކަން ކުރުމުން އެކަމުގެ ސަބަބުން މިރަށުގެ މީހުންގެ ފުދުންތެރިކަން އިތުރުވެ, އާއްމުދަނީ ހޯދަން އިތުރު މަގެއް ލިބޭނެކަން އިނގޭތީ ހުށަހެޅި ކަމެއް އެއީ" - ހުސައިން އަމްރު ރަޝާދު-

ގއ.ވިލިގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުޅާލުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެހެންނަމަވެސް މިއަދާއި ހަމައަށް އައިއިރުވެސް އެކަން ނުކުރެވި އޮތުމާއެކު، އެރަށުގެ ރައްޔިތުންނާއި އަދި ކައުންސިލް އިދާރާގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މިއަހަރުގެ ރިޔާސީ ކެމްޕޭނަށް ރައީސް ސޯލިހު ވިލިގިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ވިލިގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުޅާލުމުގެ މަޝްރޫއަށް ބޭނުންވާ ދިރާސާ މިހާރު ނިމިފައިވާ ކަމަށާއި އަދި އެމަޝްރޫއު ކުރިއަށް ނުގެންދާ ގޮތަކަށް އެއްވެސް ގޮތަކަށް ނުނިންމާ ކަމަށާއި، އެހެންނަމަވެސް، އެމަޝްރޫއު ކުރިއަށް ގެންދާނީ ރައްޔިތުންނާއި އިތުރަށް މަޝްވަރާކުރުމަށްފަހު އެމަޝްރޫއު ކުރިއަށް ގެންދަން ރައްޔިތުން ބޭނުންވެލައްވާ ނަމަ ކަމަށް ވިދާޅުވެފައެވެ. އެއީ އެމަނިކުފާނުގެ އަތްޕުޅުގައި، ވިލިގިއްޔާއި ކޫއްޑޫ ބްރިޖްއަކުން ގުޅާލުމަށްވުރެ އެތަކެއްގުނަ ފައިދާ ބޮޑު މަސައްކަތްތަކުގެ ޕްރޮޕޯސަލްތަކެއް ހުރުމުން ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް