މުބާރާތުގައި މިއަދު ކުރިއަށް ދިޔައީ އަންހެން ޑިވިޝަނުގެ މެޗެވެ. މި މެޗު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފެވެ.
މި މެޗު އެމްއެންޔޫއިން ކާމިޔާބުކުރީ 21-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ އެމްއެންޔޫ ޓީމުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އެމްއެންޔޫގެ އާމިނަތު އިބާ އިބްރާހީމެވެ.
ޔުނިވާސިޓީ/ކޮލެޖުތަކުން ވާދަކުރާ މި މުބާރާތުގެ އަންހެން ޑިވިޝަނުގައި މިފަހަރު ޖުމްލަ އަށް ޓީމެއްވާދަކުރެއެވެ. ފިރިހެން ޑިވިޝަނުގައި ވާދަކުރަނީ ހަ ޓީމެވެ. ކޮންމެ ޑިވިޝަނެއްގެ ކޮންމެ ގްރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.
މުބާރާތުގެ އަންހެން ޑިވިޝަނުގައި މާދަމާ ރޭ ބައްދަލުކުރާނީ ކްލިކް ކޮލެޖާއި މޯލްޑިވްސް ބިޒްނަސް ސްކޫލެވެ. ފިރިހެން ޑިވިޝަނުގައި މާދަމާރޭ ވާދަކުރާނީ މެޕްސް ކޮލެޖާއި ކްލިކް ކޮލެޖެވެ.
މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ކުޅެނީ ގައުމީ ހޭންޑް ބޯޅަ ކޯޓުގައެވެ.