ads
ފައިނު ފެނަކަ އާ އިންޖީނުގެ އާއި އާ އޮފީސް އިމާރާތް ހުޅުވައިދެއްވީ ރައީސް ސޯލިހު - ފޮޓޯ:ރައީސް އޮފީސް
ފައިނާއި މީދޫގެ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފި
ރ. ފައިނާއި އެއަތޮޅު މީދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފާހަގަކޮށްދެއްވައިފިއެވެ.

ފައިނާއި މީދޫގައި ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ރައީސް ސޯލިހު ފާހަގަކުރައްވާފައިވަނީ މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކަށް ފެއްޓެވި ރިޔާސީ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ބުދަ ދުވަހު އެ ދެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުތަކެއްގައެވެ.

ފައިނަށް ވަޑައިގެން ރައީސް ވަނީ އެ ރަށު ފެނަކަ އާ އޮފީސް އިމާރާތް ހުޅުވައިދެއްވާފައެވެ. ރައީސް އޮފީހުން ބުނީ އެ އިމާރާތަކީ ދަތިނުވެ 15 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް އިމާރާތެއް ކަމަށާއި ފައިނުގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 520 ކިލޯވޮޓް ކަމަށެވެ.

މީދޫއަށް ވަޑައިގެން ރައީސް ވަނީ އެ ރަށުގެ ފުޓުބޯޅަ ދަނޑު ހުޅުވައިދެއްވާފައެވެ. އެ ދަނޑަކީ ޓާފްއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފުޓުބޯޅަ ދަނޑެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ އޮފީހުން ބުނެފައިވަނީ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ކޮށްފައިވާއިރު، ޓާފްއެޅުމުގެ މަސައްކަތްކޮށްފައި ވަނީ މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކަމަށެވެ.

your imageމީދޫ ފުޓުބޯޅަ ދަނޑު ހުޅުވައިދެއްވީ ރައީސް ސޯލިހު - ފޮޓޯ:ރައީސް އޮފީސް

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ އަތޮޅުތަކުގެ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް