ads
ގައުމީ ޗެސް މުބާރާތުގެ ތައްޓާއެކު މުޖާހިދު
މުޖާހިދުގެ އަމާޒު މިފަހަރުވެސް އެއްވަނައަށް
މިހާރު ކުރިއަށްދާ ކެލޮގްސް ނެޝަނަލް ޖޫނިއާ ޗެސް ޗެމްޕިއަންޝިޕްގައިވެސް އޭނާގެ އަމާޒަކީ މުބާރާތުގެ އެއްވަނަ ހޯދުން ކަމަށް ރާއްޖޭގެ ޒުވާން ޗެސް ކުޅުންތެރިޔާ މުޖާހިދު ބިން ޔަޒީދު ބުނެފިއެވެ.
Advertisement

މުބާރާތާއި ގުޅޭ ގޮތުން މިރޭ ސީއެންއެމްއަށް ދިން އިންޓަވިއުއެއްގައި މުޖާހިދު ބުނީ މިފަހަރުގެ މުބާރާތަކީ ވަރަށް ފުރިހަމަ އަދި ކާމިޔާބު މުބާރާތެއް ކަމަށެވެ. އަދި މިފަހަރުގެ މުބާރާތުގައިވެސް އޭނާގެ އަމާޒަކީ އެއްވަނަ ހާސިލްކުރުންކަން މުޖާހިދު ފާހަގަކުރިއެވެ. 

މުބާރާތުގައި މުޖާހިދު ވާދަކުރަނީ 18 އަހަރުން ދަށުގެ އޯޕަން ކެޓަގަރީގައެވެ. މި ކެޓަގަރީގައި ޖުމްލަ ފަސް ކުޅުންތެރިން ވާދަކުރެއެވެ. އޭނާއަށް މިފަހަރުގެ މުބާރާތުގައި ބާކީ އޮތީ އެންމެ މެޗެކެވެ. މިހާރުވެސް ރޭންކިންގެ އެއްވަނާގައި އޮތީ މުޖާހިދެވެ. 

މުޖާހިދަކީ ނިމިގެން ދިޔަ ގައުމީ ޗެސް މުބާރާތުގެ ޗެމްޕިއަނެވެ. ރާއްޖޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންނާއި ވާދަކޮށް އޭނާ އެފަހަރުގެ މުބާރާތް ކާމިޔާބުކުރީ އެއް ޕޮއިންޓުގެ ފަރަގަކުންނެވެ. 

ގައުމީ ޗެސް މުބާރާތުން ބާއްވާ މިފަހަރުގެ ގައުމީ ޖޫނިއާ ޗެސް މުބާރާތުގައި ހުރިހާ އުމުރުފުރާތަކަކުން ޖުމްލަ 200 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރެއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ސީއެންއެމްއެވެ. 

38%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް