ads
ކ. ގުޅި--
ކ. ގުޅީގެ ފިހާރައަކުން ވިއްކާ ހުރިހާ ކާބޯތަކެތިން ޑިސްކައުންޓް!
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ބަލި ރާއްޖެއާ ހަމައަށް ފޯރާފައި ވާއިރު، ދިވެހިން އެއްބައިވަންތަކަމާއި ހިތްހެޔޮކަން ފެނިގެންދާ ލާމަސީލު ބައެއް ފަރާތްތަކުގެ ވާހަކަ ދަނީ ދެކެވެމުންނެވެ.

އެގޮތުން މާލޭގައި ކުއްޔަށް އުޅޭ ބައެއް ފަރާތްތަކުގެ ކުލި ކުޑަކޮށް ދިނުމުގެ ވާހަކަ އާއި، ރޯދައާ ދިމާކޮށް ކުއްޔަށް އުޅޭ މީހުންނަށް ހާއްސަ އެލަވަންސް ދިނުމުގެ ވާހަކަ ސޯޝަލް މީޑިއާގައި ދައުރުވި އެވެ. 

މި ފަހަރު ލާމަސީލު ފަރާތެއްގެ ގޮތުގައި ފާހަގަވެފައި މި ވަނީ ކ. ގުޅި، އެކްސައިޓް ފިހާރަ އެވެ. މި ދަނޑިވަޅުގައި ބައެއް ވިޔަފާރިވެރިން ތަކެތީގެ އަގު ބޮޑު ކުރަމުން ދާއިރު، އެކްސައިޓް ފިހާރައިގެ ވިސްނުން ހުރީ މުޅިން ތަފާތުކޮންނެވެ. 

އެ ފިހާރައިން ކަސްޓަމަރުންގެ ސަމާލުކަމަށް ނެރުނު ނޯޓިސް އެއްގައި ބުނެފައި ވަނީ އެ ފިހާރައިން ވިއްކާ ކާބޯތަކެތީގެ ގޮތުގައި ބޭނުން ކުރާ ހުރިހާ ބާވަތަކުން ހާއްސަ ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށެވެ. 

"މިހާރު ވިއްކަމުންދާ އަގުތަކުގެ 10 ޕަސަންޓާއި 20 ޕަސަންޓާ ދެމެދަށް ތަކެތީގެ އަގުތައް ހެޔޮކުރެވިފައިވާ ވާހަކަ ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އެ ނޯޓިސްގައި ވެއެވެ. 

އަދި މާލެއިން ރަށަށް މުދާ ގެންދިޔުމުގައި އަގުތަކަށް ބަދަލު ނާންނަ ނަމަ، އެ ނިންމުމާ އެއް ގޮތަށް އަމަލު ކުރަމުން ދާނެ ކަމުގެ ޔަގީންކަން ވަނީ ކަސްޓަމަރުންނަށް ދީފަ އެވެ.

your imageއެކްސައިޓް ފިހާރައިގެ ނޯޓިސް--

އެކްސައިޓް ފިހާރައިން ބުނެފައި ވަނީ ކާބޯތަކެތީގެ އަގު ހެޔޮ ކުރީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ކަސްޓަމަރުންނަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ. 

ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު ރާއްޖެއިން ފެނިފައި ވާއިރު، މި ބަލީގެ ސަބަބުން އިގްތިސޯދީ ގޮތުން އެންމެ ބޮޑު އަސަރެއް ކުރާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. 

އޭގެ އަސަރު މިހާރު ވެސް ފަތުރުވެރިކަމުގެ ދާއިރާއިން ފެންނަމުން ދާއިރު، ސަރުކާރުން ވެސް ދަނީ ގޮންޖެހުންތައް ކުޑަ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް