ads
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން....ފޮޓޯ/މިނިސްޓްރީ
މެނިފެސްޓޯގައި ހިމަނައިގެން އަރަބިއްޔާ ސުކޫލް ހަދަނީ
އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯގައި އަރަބިއްޔާ ހިމަނާފާވުމީ އެ ސުކޫލަށްދޭ އަހަންމިއްޔަތުކަން ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.
Advertisement

ސީއެންއެމްޓީވީގެ ތޭވީސް ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން އިހުސާން ވިދާޅުވީ ރިޔާސީ މެނިފެސްޓޯ އެއްގައި ވަކި ސުކޫލެއްގެ ވާހަކަ ފާހަގަ ކުރައްވާފައި ނޯންނާނެ ކަމަށާއި، ނަމަވެސް އަރަބިއްޔާ ސުކޫލް ހިމަނާފައިވުމަކީ އެ ސުކޫލަށްދޭ އަހަންމިއްޔަތުކަން ކަމަށެވެ.

އިހުސާން ވިދާޅުވީ އެ ސުކޫލް ނިންމާނީ ދައުރުގެ މެދުން ކަމަށެވެ. އެއީ ސްޓެޓެޖިކް އެކްޝަން ޕްލޭނާއި އެއްގޮތަށް ޕްލޭން ކުރެވިގެން ކުރައްވާނެ ކަމެއް ކަމަށެވެ. 

"މިހާ ހިސާބަށް އައި އިރުވެސް މިކަންކަމުގެ ހުރި ފައިދާ ފެންނަން އެބަހުރި. މެނިފެސްޓޯގަ ހުރީ ޓާގެޓްތަކެއް ކަނޑައެޅިފަ. އަޅުގަނޑުމެން ކުރިއަށްދާނީ އެގޮތަށް." އިހުސާން ވިދާޅުވިއެވެ.

އަދި ތައުލީމީ ދާއިރާ އާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އިހުސާން ވިދާޅުވީ، މެނިފެސްޓޯ އެކުލަވާލުމުގައި ވަރަށްގިނަ ކަންތައް ކޮށްފައިވާ ކަމަށާއި، އެގޮތުން ފުރަތަމަ ކަމެއްގޮތުން ރައަޔިތުންނާއި ހަމަޔަށް ގޮސްގެން ރައްޔިތުންނާއި ގާތުން ބައްދަލު ވެސް ކޮށްފައިވާ ކަމަށެވެ.

އަދި އެކި ބައްދަލުވުން ތަކުގައި ބެލެނެވެރިންނާއި ގާތުން ބައްދަލުވުމަކީ އެންމެ އިސްކަން ދީފައިވާ ކަންތައް ކަމަށްވެސް އިހުސާން ވަނީ ވިދާޅުވެފައެވެ.

"ބެލެނެވެރިންނާއި ގާތުން ބައްދަލު ކުރުން. ދަރިވަރުންނާއި ބައްދަލު ކުރުން. ސުކޫލުތަކުގައި މަސައްކަތް ކުރައްވ ޕްރިންސިޕަލުންނާއި، މުދައްރިސުންގެ ޝަކުވާތައް އަޑުއެހުން. އަދި މެނިފެސްޓޯ ތައްޔާރު ކުރުމުގެ މަރުލަލާގައި ކުރެއްވި ކަންތައް." އިހުސާން

އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ވަގުތީ އިމާރާތެއްގައި ތައުލީމް ހާސިލްކުރަމުން އަންނަނީ މުހިންމު އެތައް ކަމަކުން މަހްރޫމްވެގެން ތިބެ ކަމަށްބުނެ އެސްކޫލްގެ ބެލެނިވެރިން ވަނީ މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބާ ޖަމާލުއްދީން ބިމުގަ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތެއް އެޅުމަށް މި ދިޔަ ސެޕްޓެމްބަރު މަހު ވަނީ އަމީން ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްފައެވެ. 

މި ދިޔަ އަހަރު ސެޕްޓެމްބަރު މަހު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އައިޝަތު އަލީ އެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ ސެކްރެޓަރީ އިބްރާހިމް ނިހާދެވެ.

2024 ގެ ޖެނުއަރީގައި އެ އިމާރާތްތަކުގައި އަރަބިއްޔާ ދަރިވަރުންނަށް ކިޔަވައިދޭން ފަށާނެ ކަމަށް ވިދާޅުވެފައިއެވެ.

އެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީއިން އަމީން ކޮންސްޓްރަކްޝަން އާއި ހަވާލުކުރީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މިނިސްޓްރީން ނިންމީ ބާ ޖަމާލުއްދީންގައި އަރަބިއްޔާ އަލުން އިމާރާތް ކުރުމަށެވެ. އެންމެ ފުރަތަމަ ބާޖަމާލުއްދީން ހުރި ބިމުގައި އެޅުމަށް ހަމަޖެހިފައިވަނީވެސް އަރަބިއްޔާ ސްކޫލެވެ. ނަމަވެސް ފަހުން އެ ބިމުން އެއްބައި ޖަމާލުއްދީން ސްކޫލަށް ދިނުމަށް ނިންމާފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް