ads
މާފަންނު ހުޅަނގު ބޮނޑިބަތް އިވެންޓް
ކުށުގެ ވެށި އަމާން ކުރުމަށް ކުރި މަސައްކަތަކުން މީހުން މެރުން 571 ޕަސަންޓު މަދުވެއްޖެ
މާރާ މާރީގެ މައްސަލަތައް ވަނީ 200 ޕަސަންޓު މަދުވެފަ
ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމާ އަޅާބަލާއިރު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި މީހުން މެރު ވަރަށް ބޮޑުތަނުން މަދުވެފައިވާކަން ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

މިއަދު ސޯލްޓް ކެފޭގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، މިސަރުކާރުން ކުށުވެށި ކުރި އެންމެ މުހިންމު މަސައްކަތަކީ އާބާދީގެ ކުޑަ ބޮޑުމިނެއް ނުބަލައި ރަށްރަށުގައި ފުލުސް އޮފީސް ގާއިމްކުރުންކަމަށެވެ. 

މިގޮތުން މާރިޔާ މިއަދު ވަނީ 2013 ވަަނަ އަހަރުން 2018 ވަނަ އަހަރާއި ހަމައަށް ވެރިކަން ކުރެއްވި ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ނުރައްކާތެރި ގިނަ ކުށްތަކެއް ކުރަމުން ގެންދިޔަކަން ފާހަގަކުރެެއްވިއެވެ. 

"ބޮޑެތި ކުށްތައް މަދުވެފައިވާކަން ތިބޭފުޅުންނަށް ތަފާސް ހިސާބުތަކުން ފެނިލައްވާނެ،"

ތަފާސް ހިސާބުތަކުން ދައްކާގޮތުން މީހުން މެރުމުގެ މައްސަލަ ވަނީ 571.4 ޕަސަންޓާށް ދަށްވެފައެވެ. ސަބަބަކީ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި 41 މީހަކު މަރައިގެން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް ރައީސް ސޯލިހުގެ ވެރިކަމުގައި ރިޕޯޓުކޮށްފައުވަނީ މިފަދަ 7 މައްސަލައެވެ. 

މީގެ އިތުރުން މާރާމާރީގެ މައްސަލަތައް ވަނީ 201 ޕަސަންޓަށް ދަށްވެފައެވެ. އަދި ވައްކަމުގެ މައްސަލަތައް ވަނީ 71.7 ޕަސަންޓު މަދުވެފައެވެ. 

ކުށުގެ ވެށި 2018 އިން 2013 އަށް: ރައީސް ޔާމިންގެ ވެރިކަން 

މާރާމާރީގެ މައްސަލަ:  5،587 

ވައްކަމުގެ މައްސަލަ: 26،146

މީހުން މެރުން: 41

ކުށުގެ ވެށި 2023 އިން 2019 އަށް: ރައީސް ސޯލިހުގެ ވެރިކަން

މާރާމާރީ ގެ މައްސަލަ:  2،777 މައްސަލަ

ވައްކަމުގެ މައްސަލަ: 18،748 

މީހުން މެރުން: 7

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް