ads
އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ނާޒިމް.....
ކުރިއަށް އޮތް 50 އަހަރަށް ތަރައްގީގެ ޕުލޭން ހަދާނަން: ނާޒިމް
ކުރިއަށް އޮތް 50 އަހަރަށް ތަރައްގީގެ ޕްލޭން ތައްޔާރު ކުރާނެ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ އެމަނިކުފާނުގެ ކެމްޕެއިނަށް އައްޑޫއަށް ވަޑައިގެން އައްޑޫ ހިތަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ދެއްކެވި ވާހަކައިގައެވެ.

ނާޒިމް ވިދާޅުވީ ވިސްނުންހުރީ ނޭފަތު ކުރިޔާއި ހަމަޔަށް ނޫން ކަމަށާއި، އެ އަށްވުރެ މާ ދުރަށް ކަމަށެވެ. އެގޮތަށް ދުރު ބަލައިގެންނޫނީ ދުރު ނުފެންނާނެ ކަމަށް ނާޒިމު ވިދާޅުވިއެވެ.  

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިރާއްޖޭގައި އޮންނަންޖެހޭ ނޭޝަނަލް ޑިވޮލެޕްމެންޓް ޕްލޭނެއް. އެއީ ލާޒިމް ކުރާ ކަމެއް. އަޅުގަނޑު ބޭނުން ސިޔާސީ މީހުންނާއި އެކު އިށީންނަން. ކުރިއަށް އޮތް 50 އަހަރަށް އޮންނަން ޖެހޭނެ ޕްލޭނެއް ހެދިފަ. އަޅުގަނޑު ހިތަށް އެރީމާ ބުރިޖު އެޅިފަ އެރަށް އުވާލާ ގޮތަށް އޮވެގެން ނުވާނެ." ނާޒިމް

 ބޮޑެތި މެގަ ޕްރިޖެކްޓްތައް ހިންގަންވާނެ ކަމަށާއި، ނަމަވެސް އެކަން ކުރެވޭނީ އެންމެން ގުޅިގެން ކަމަށާއި އެހެންނޫން ނަމަ ދައުލަތަށް ލިބޭ ގެއްލުން މާބޮޑު ކަމަށް ނާޒިމު ވިދާޅުވިއެވެ. 

ނާޒިމު އިތުރަށް ވިދާޅުވީ ނާޒިމު އައީ ރައްޔިތުންނާއި މަޝްވާރާ ކޮށްގެން ކަމަށެވެ. އަދި ވެރިކަމަށް އާދެވިއްޖެނަމަ އެކަންތައް ކުރާނީ އެހެން ސިޔާސީ ޕާޓީތަކާއިވެސް މަޝްވަރާ ކޮށްގެން ކަމަށާއި ނާޒިމުގެ ސަރުކާރެއްގައި ކުރެވޭ ކަންތައްތަކަކީ އެންމެ ހަރަދުކުޑަ ގޮތަށް ކުރެވޭ ކަންތައްތައް ކަމަށް ހަދާނެ ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް