ads
ޑރ.މުއިއްޒު ނ.މަނަދޫ ޖަލްސާގައި. ފޮޓޯ: ޕީޕީއެމް
10 ރަށެއްގައި މަތީ ތައުލީމު ދޭ ކެމްޕަސް ހަދާނަން: މުއިއްޒު
ވެރިކަން ލިބިވަޑައިގެންފިނަމަ، ނ.މަނަދޫ ހިމެނޭހެން 10 ވަރަކަށް ރަށުގައި މަތީ ތައުލީމުދޭ ކެމްޕަސް ތަކެއް ގާއިމް ކުރާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނ.އަތޮޅުގެ ވެރިކަން ކުރާ ރަށް، ނ.މަނަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ މުއިއްޒު ދެއްކެވި ވާހަކައިގައި މިއަދު ވިދާޅުވީ، ކެމްޕަސް ގާއިމުކުރުމަކީ ކޮންމެ ކޮންމެ ރަށެއްގައި ކުރެވޭ ކަމެއް ނޫންކަމަށާއި ނަމަވެސް އޭނާއަށް ވެރިކަން ލިބިއްޖެ ނަމަ މަނަދޫއަކީ މައި ކެމްޕަސްތައް ގާއިމުކުރެވޭ ރަށަކަށް ހައްދަވާނެކަމަށާއި، މަނަދޫ ހިމެނޭހެން 10 ނުވަތަ 12 ވަރަކަށް ރަށުގައި ކެމްޕަސްތައް ހައްދަވާނެކަމަށެވެ.

މީގެއިތުރުން މަނަދޫގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދާ ދިނުމަށް އެސަރަހައްދުން އާމްދަނީ ލިބޭނެ ފުރުސަތުތައް އިތުރުކޮށްދޭނެކަމަށާއި، ޒުވާނުންނަށް ބޭނުންވާނެ ކުޅިވަރު ވަސީލަތްތަކާއި ވޮލީބޯލް ކޯޓުއެޅުމާއި، ފުޓްސަލް ދަނޑު މަނަދޫގެ ލޭންޑްޔޫސް ޕްލޭންގައި ޖާގަދޭ މިންވަރަކުން ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ސިއްހީ ދާއިރާއަށް އަލިއަޅުއްވާލައްވައި، މުއިއްޒު ވިދާޅުވީ، މަނަދޫ އިން ލިބެން ނެތް ސިއްހީ ހިދުމަތްތައް އިތުރުކޮށް ހޮސްޕިޓަލެއް ގާއިމްކޮށްދެއްވާނެ ކަމަށާއި، މީގެ އިތުރުން މަނަދޫގެ މަގުހެދުމުގެ މަޝްރޫއު ވަރަށް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ޑރ.މުއިއްޒު ނ.މަނަދޫއަށް ވައުދުތަކެއް ވެވަޑައިގެންނެވި އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މަނަދޫގެ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އޭގެ ތެރޭގައި މަނަދޫގެ ހުރިހާ މަގެއް ތާރުއަޅައިގެން ތަރައްގީ ކުރުމާއި، ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމާއި، އައިސްޕްލާންޓެއް ގާއިމްކުރުމާއި، ލޯކަލް މާރުކޭޓެއް އެޅުމާއި، ސްކޭޓް ޕާކެއް އެޅުމާއި، އެރަށުގެ ބަނދަރުގެ ދެކުނުފަރާތުގައި ޖެޓީއެއް ހެދުމާއި ފަޅުތެރެއިން ކުޑަ ޕިކްނިކް އައިލެންޑްއެއް ހިއްކައި ތަރައްގީ ކުރުމާއި އެރަށަށް ދިމާވެފައިވާ ރަށްގިރުން ހައްލުކޮށްދިނުން ހިމެނެއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް