ads
ބަންގްލަދޭޝް ޕްރެކްޓިސްގެ ތެރެއިން
ރާއްޖެ މެޗަށް ބަންގްލަދޭޝް ޕްރެކްޓިސް ފަށައިފި
ވޯލްޑްކަޕް ކޮލިފައިން ޕްރިލިމިނަރީ ބުރުގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާން ބަންގްލަދޭޝްއިން ޕްރެކްޓިސް ފަށައިފިއެވެ.

ބަންގްލަދޭޝްއިން އަންނަ އޮކްޓޫބަރު މަހު ރާއްޖެއާ ދެކޮޅަށް ކުޅެން ޖެހޭ ދެ މެޗަށް ތައްޔާރުވާން ގައުމީ ޓީމް ކޭމްޕްކޮށް ޕްރެކްޓިސް ފެށީ މިދިޔަ ހަފްތާގައެވެ. 

ބަންގްލަދޭޝްގެ ޕްރެކްޓިސް ޝެޑިއުލްގެ ތެރޭގައި އަންނަ މަހު ކުރީކޮޅު ކުޅޭ ފްރެންޑްލީ ދެ މެޗުވެސް ހިމެނެއެވެ. އެއީ އަފްގާނިސްތާނާ ދެކޮޅަށް ކުޅޭ ދެ މެޗެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެއާ ބަންގްލްދޭޝް ކުޅޭ ފުރަތަމަ މެޗު އޮންނާނީ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހު ރާއްޖޭގައެވެ. އަދި ދެވަނަ މެޗު އޮންނާނީ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު ބަންގްލަދޭޝްގައެވެ. ޕްރިލިމިނަރީ ބުރުން މޮޅުވާ ބަޔަކު ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭނީ އޮސްޓްރޭލިޔާ، ފަލަސްތީން އަދި ލުބުނާނާ އެކު ގްރޫޕް އައިގައެވެ.

ރާއްޖެއާ ބަންގްލަދޭޝް ވޯލްޑް ކަޕް ކޮލިފައިންގައި ކުޅެން ޖެހޭއިރު، އެންމެ ފަހުން ރާއްޖެއާ ބަންގްލަދޭޝް ކުޅުނު ވާދަވެރި ރަސްމީ ދެ މެޗުންވެސް ރާއްޖެވީ ބައްޔެވެ. އެއީ ސާފް ޗެމްޕިއަންޝިޕް މި އަހަރު އިންޑިޔާގައި އަދި ފޯ ނޭޝަންސް ކަޕުގައި 2021 ވަނަ އަހަރު ލަންކާގައެވެ. އެކަމަކު މާލޭގައި މިދިޔަ އަހަރު ކުޅުނު ފްރެންޑްލީ މެޗެއްގައި ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް