ads
ގައުމީ ޗެސް މުބާރާތުގެ ތެރެއިން ލައިސާ
18 އަހަރުން ދަށުގެ އެއްވަނަ މުޖާހިދާއި ލައިސާއަށް
މިހާރު ކުރިއަށްދާ ކެލޮގްސް ނެޝަނަލް ޖޫނިއާ ޗެސް ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ އެއްވަނަ މުޖާހިދް ބިން ޔަޒީދާއި މަރިޔަމް ލައިސާ އަބްދުލް ރަޝީދު ހޯދައިފިއެވެ.

މުޖާހިދު އެއްވަނަ ހޯދީ މުބާރާތުގެ 18 އަހަރުން ދަށުގެ އޯޕަން ކެޓަގަރީއިންނެވެ. މި ކެޓަގަރީގައި ފަސް ކުޅުންތެރިން ވާދަކުރިއިރު، އޭނާ އެއްވަނަ ހޯދީ ތިން ޕޮއިންޓާއި ބައި ހޯދައިގެންނެވެ. ދެވަނަ ހޯދި އަހްމަދު ޒަވީލް ތޯހާއަށް ލިބުނީ މުޖާހިދަށްވުރެ ޕޮއިންޓެއް މަދުންނެވެ. 

ލައިސާ އެއްވަނަ ހޯދީ 18 އަހަރުން ދަށުގެ ގާލްސް ކެޓަގަރީއިންނެވެ. މި ކެޓަގަރީގައިވެސް ވާދަކުރީ ފަސް ކުޅުންތެރިންނެވެ. މުބާރާތުގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް ލައިސާ އެއްވަނަ ހާސިލްކުރިިއިރު، ތިން ޕޮއިންޓާއެކު ދެވަނަ ހޯދީ ނުހާ ރިލްވާނެވެ. 

މިފަހަރުގައި ގައުމީ ޖޫނިއާ މުބާރާތް ކުރިއަށްދަނީ ޖުމްލަ ހަ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ކޮންމެ ކެޓަގަރީއެއްގައިވެސް އޯޕަން އަދި ގާލްސް ޑިވިޝަން ކުޅެއެވެ. މި މުބާރާތުގައި ޖުމްލަ 200 އަށްވުރެ ގިނަ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. ހުރިހާ މެޗެއްވެސް ކުރިއަށްދަނީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ޗެސް އާކޭޑުގައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް