ads
އުކުޅަހުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ވަނީ ނިންމާފައި - ފޮޓޯ:އެމްޓީސީސީ
އުކުޅަހު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމައިފި
އއ. އުކުޅަހުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ އުކުޅަހުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެ ކުންފުނިން ޗާޓަރުކޮށްގެން ގެނައި ބެލްޖިއަމްގެ ކުންފުންޏެއްގެ ޑްރެޖަރެއް ކަމަށްވާ "ފިލިޕޯ ބްރުނެލޭޝީ" އިން ކަމަށެވެ.

އުކުޅަހުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މި މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ރަށުގެ ބިން ހިއްކުމަށް "ފިލިޕޯ ބްރުނެލޭޝީ" މޮބިލައިސްކުރެވިފައިވަނީ ހއ. އިހަވަންދޫ އާއި ށ. މަތިކޮމަންޑޫގެ ބިން ހިއްކާ ނިންމުމަށްފަހު ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނެފައިވަނީ އއ. ބޮޑުފުޅަދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް މިއަދު އެ ޑްރެޖަރު މޮބިލައިޒް ކުރެވޭނެ ކަމަަށެވެ.

އުކުޅަހުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 402.5 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި މަޝްރޫއުގެ ދަށުން 1،692 މީޓަރުގެ ސަރަހައްދެއްގައި ސޭންޑް ބަންޑްލް ވޯލް ޖަހައި، ހިއްކާ ސަރަހައްދު ހިމާޔަތްކުރުމަށް 1،054 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ އިތުރުން 80 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

your imageއުކުޅަހުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ނިންމާފައި - ފޮޓޯ:އެމްޓީސީސީ

އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއަކީ 67.21 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް